އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ 107 ވަނަ ބައްދަލުވުން ބާއްވައިފި

29 ޖެނުއަރީ 2009

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ ހިންގާ ކޮމިޓީގެ 107 ވަނަ ބައްދަލުވުން 28 ޖޫން 2009 ވީ އާދީއްތަ ދުވަހުގެ ހަވީރު ބާއްވައިފިއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ބޭއްވި މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތިމަރަފުށީ ދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ސައްޚަ ނިންމުމެއް ކަމަށް، ސުޕްރީމް ކޯޓުން ނިންމައިފިނަމަ އެ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު މުސްތަފާއަށް ތާޢީދު ހޯދުމަށް މަސައްކަތް ކުރުމަށް 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމިޓީއެއް ހޮވުން އޮތެވެ.
މީގެ އިތުރުން އެމްޑީޕީގެ 2008 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރުމަށްވެސް މިބައްދަލުވުމުގައި ހުށަހެޅުނެވެ. ނަމަވެސް މިރިޕޯޓު ނެރުން ދެން އޮންނަ ބައްދަލުވުމަކަށް ވަނީ ފަސްކުރެވިފައެވެ.