ރިޔާސީ އިންތިޚާބުގައި ހެންވޭރުން 25,000 ވޯޓު ހޯއްދަވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

untitled-3480

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މުޅި ހެންވޭރުން 25,000 ވޯޓު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރޭ ބޭއްވި “މުޅި ހެންވޭރު އެއްބުރުން” އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

“ރިޔަސީ އިންތިޚާބުގައި 25000 ވޯޓު ހެންވޭރުގައި ދިރިއުޅޭ ރައްޔިތުން އަޅުގަނޑުމެންނަށް ދޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއި އެކީގައި އަޅުގަނޑުމެން މިރޭ މިތާ މިތިބީ” ރައީސް ނަޝީދު ވިދާޅުވިއެވެ. ހެންވޭރުން ނުކުމެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުން ވަރަށް ގިނަވާނެކަމަށާއި ހެންވޭރު ރައްޔިތުންނާއި އެމްޑީޕީގެ ފަރާތުން ބައްދަލުކުރައްވައި މަޢުލޫމާތު ސާފްކުރައްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ކެމްޕެން ވޮލަންޓިއަރުން ދޮރުން ދޮރަށް ހިނގައި ރައްޔިތުން ބޭނުންވާ ކަންކަމާއި އަދި އިޙްސާސްތައް ދެނެގަނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮންމެ ގެއެއްގައިވެސް ވޯޓު ޙައްޤުވާ މީހުންގެ މަޢުލޫމާތުވެސް ސާފްވެފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޕާރޓީގެ ދޮރުން ދޮރަށް ހިނގާ ޓީމްތަކާއި ކެމްޕެއިން ޓީމްތަކަށް ވަނީ ކޮންމެ ގެއެއްގައި ވެސް ވޯޓު ޙައްޤުވާ އެންމެން ސާފުވެފައި. ކޮންމެ ގެއެއްގައި ކުއްޔަށް ތިބީ ކިތައް މީހުންތޯ އާއި ކޮންމެ ގެއެއްގައި ރަޖިސްޓްރީގައި ވަނީ ކިތައް މީހުންތޯ އާއި ރަޖިސްޓްރީގައިވާ މީހުންގެ ތެރެއިން މި ވަގުތު ގޭގައި ދިރިއުޅެނީ ކިތައް މީހުންތޯ އާއި، އެމީހުންގެ ތެރެއިން މި ވަގުތު އެމްޑީޕީއަށް ވޯޓެއް ދިނުމަށް ތައްޔާރަށް ތިބީ ކިތައް މީހުންތޯ އާއި އަދި އަޅުގަނޑުމެން ބެލި ބެލުމުގައި ވަކި ގޮތެއް ނުނިންމާ މި ހެންވޭރުގައި ތިބީ ކިތައް މީހުންތޯ އާއި އެމީހުން ތިބީ ކޮންތާކުތޯ އާއި އަދައު ކުރަނީ ކޮން ވަޒީފާއެއްތޯ އާއި ޝަޢުގުވެރިވަނީ ކޮންކޮން ކަންތައްތަކަށްތޯ އާއި އެމީހުންގެ ކަންބޮޑުވުން ގުޅިފައި ހުރީ ކޮން ސިޔާސަތުތަކަކާއިތޯ އާއި މި އެންމެ މަޢުލޫމާތަކީ، އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ކެމްޕެއިން ނެޓްވާރކްއަށް މި ވަގުތު ވަރަށް ސާފުވެފައިވާ މަޢުލޫމާތު.” ރައީސް ނަޝީދު ވިދަޅުވިއެވެ.

ދިވެހިރައްޔިތުންގެ ޝަކުވާތައް އެމްޑީޕީއަށް ސާފުކަމަށާއި ރައްޔިތުންގެ އުންމީދުތައް އެމްޑީޕީން ދެނެގަނެފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
” ރާއްޖޭގެ ޒުވާނުންނަށް ދިމާވެފައި ހުރި މައްސަލަތަކާއި، އެކަނިވެރި މައިންނާއި، ޔަތީމް ކުދިންނާއި، ނުކުޅެދޭ ފަރާތްތަކަށާއި އަދި ފަގީރު މީހުންނަށް ދިމާވާ ކަންތައް އެމްޑީޕީއަށް ސާފުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެންނަށް އެބަ ސާފުވޭ ގެދޮރުގެ މައްސަލަތައް. އަޅުގަނޑުމެންނަށް އެބަ ސާފުވޭ ދަތުރު ފަތުރު ކުރުމުގެ ކަންކަން އަޅުގަނޑުމެންނަށް ބޭނުންވެފައިވާ މިންވަރު. އަޅުގަނޑުމެންނަށް އެބަ ސާފުވޭ މި ރާއްޖެއަށް ބާރުގަދަ ޑްރަގް އެތެރެވާކަން އަދި މި ބާރުގަދަ ޑްރަގުގެ އަޅުގަނޑުމެންގެ ޒުވާނުންގެ އެތައް ބައެއް އެޑްރަގުގެ އެހީގައި އެމީހުންގެ ޒުވާން ހަޔާތް ނިމިގެން ދާތަން އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ. އަޅުގަނޑުމެން މި ތިބީ މިކަން ވަރިހަމަ ކޮށްގެން ތިބޭކަށެއް ނޫން” އެމަނިކުފާން ވިދަޅުވިއެވެ.

އެމްޑީޕީގެ އަމާޒަކީ ޑިމޮކްރަސީގެ އުސޫލުތައް ރާއްޖޭގައި އަށަގެންނެވުންކަމަށާއި ތަރައްޤީއަށް މަގުފަހި ވާނޭ ސިޔާސަތުތަކައެއް އެކުލަވައިލައި އެ ސިޔާސަތުތައް ރާއްޖޭގައި ތަންފީޒްކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެން މި ނިކުންނަނީ މި އުއްމީދުތައް ހަޤީޤަތަކަށް ހަދައިދިނުމަށް، އަޅުގަނޑުމެންގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ދިރިއުޅެވޭނޭ ވެރިކަމަށް މި ރާއްޖޭގައި ޤާޢިމްކުރުން” ރައީސް ނަޝީދު ވިދާޅުވިއެވެ.

މުޅި ހެންވޭރުގެ ހުރިހާ، އިންތިޚާބީ ހުރިހާ ބޭފުޅުން މިހާރު އެމްޑީޕީއާއި ގުޅިވަޑައިގެންފިކަމަށާއި އެއީ އެމްޑީޕީއަށާއި އެމަނިކްފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެންނާއި އާޒިމްވެސް އަދި އޭގެ ކުރީގައި މަޖްލީހުގެ ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދުވެސް އަދި ރައްޔިތުންގެ މަޖްލީހުގައި އެންމެ ދިވަސްވީ އެއް މެމްބަރު ވެލިދޫ ދާޢިރާގެ އަލި މަނިކުވެސް އަޅުގަނޑުމެންނާއި ގުޅިވަޑައިގެންފާ އެވަނީ އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު އަޅިގަނޑުމެންނަށް ރަގަޅަށް ކޮންމެސް ކަމެއް ކުރެވިގެން” ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން ހިންގަމުން ގެންދާ މަސައްކަތްތަކަކީ އެ ބޭފުޅުންވެސް ބަލައިގަންނަ މަސައްކަތްތަކަކަށް ވާތީކަމުގައި ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ ފައިލަކާއި އެކީގައި ދޮރުން ދޮރަށް ހިނގައި ދިދަތައް ހަރުކޮށް ވޮލަންޓިއަރ ކުރައްވާ ކޮންމެ ބޭފުޅަކުވެސް ކުރައްވަމުން ގެންދަވާ މަސައްކަތަކަކީ މި ރާއްޖެ ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި ދިވެހިރައްޔިތުން އުންމީދު ކުރާ އަނެއް ދިވެހިރާއްޖެއަށް ދިއުމަށް އެދޭ މިންވަރުގެ ރަމްޒެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.