“މުޅި ހެންވޭރު އެއްބުރުން” ކެމްޕެއިން ހަރަކާތް ވަރަށް ކުލަގަދަކޮށް ބާއްވައިފި

mulhi-henveyru-ehburun2-190613-77

ލިޔުނީ: ޝަހީދާ

“މުޅި ހެންވޭރު އެއްބުރުން” މިނަމުގައި ވަރަށް ކުލަގަދަ ކެމްޕެއިން ހަރަކާތެއް ރޭ )19 ޖޫން 2013- ބުދަ( ބާއްވައިފިއެވެ.

ހެންވޭރުގެ ހުރިހާ ދާއިރާއަކުން ބައިވެރިވެގެން ރޭ ސޯސަންމަގުގަ ބޭއްވި މ ކުލަގަދަ ޖޯޝުން ފުރިގެންވާ ކެމްޕެއިން ބޮޑު ހަރަކާތުގައި ހެންވޭރުގެ ޒުވާނުން ހަދައިފައިވާ ކެމްޕެއިންގެ ދެ ލަވަ ރައިސް ނަޝީދު އިފްތިތާޙް ކޮށްދެއްވިއެވެ. އަދި އެމްޑީޕީގެ ދިދައާއި، ބެނަރ އިން ސޯސަންމަގުގެ އުތުރާއި ދެކުނަށް ރިދޫ ކޮށްފައިވާ،މި ކުލަގަދަ ހަރަކާތުގައި ހެންވޭރުގެ ހުރިހާ ދައިރާއަކުން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންވަނީ ތަފާތު ރަހަތަކުގެ ކެއުމުގެ ޖާފަތް ތައްޔާރުކޮށްދީ، މުޅި މަގުގަ ކެއުމުގެ ސުފުރާތައް ފަތުރާލާފައެވެ. އަދި މީގެ އިތުރުން ލަވަޔާ އުފާވެރިކަން ގެނުވައިދިން މި ހަރަކާތުގައި އެމްޑީޕީގެ ގިނަ މެމްބަރުންނާ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ރޭގެ ސޯސަންމަގު މުޅިސަރަހައްދު ހިމެނޭގޮތަށް ބޭއްވި މި އެއްބުރުން ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދެއްކެވީ ރައީސް ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝަޙިދާއި، ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރ މޫސާ މަނިކާއި، ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ހާމިދު އަބްދުލް ޤަފޫރާއީ، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އާޒިމާއި، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް ހުޝެއިން ޝަހީމުއެވެ. އަދި ރޭގެ މި ހަފްލާ ތަޢާރަފް ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ އަލި މަނިކެވެ.