ލިޔުނީ: ޝަހީދާ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށް ކުރިޔަށް ގެންދާ ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ ކަންމަތީ ބައްދަލުވުން މިރޭ(20 ޖޫން 2013- ބުރާސްފަތި) އޮންނާނެއެވެ.
ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ކަންމަތީ ބައްދަލުވުން އޮންނާނީ ފަރީދީމަގު ނިމޭ ހިސާބު މާފަންނު ގަޑިބުރު ކައިރީގައެވެ. އަދި މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9ޖަހާއިރުއެވެ.
މާފަންނު އުތުރު ދާއިރާއިން އިސްނަގައިގެން ބާއްވާ މި ކަންމަތީ ބައްދަލުވުމަށް އެމްޑީޕީގެ މެމްބަރުންނާއި، ސަޕޯޓުކުރައްވާ ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގަތުމަކީ މި ޕާޓީއިން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.