މެނިފެސްޓޯ އޮޑީގެ މެންބަރުން ހދ. ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި ވައިކަރަދޫގެ ހާލަތު ދެނެގަނެފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިހާރު ފަށާފައިވާ މެނިފެސްޓޯ އޮޑި ހދ. ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި ވައިކަރަދޫއަށް ދަތުރުކޮށް އެ ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްފިއެވެ.

ހދ. ނޮޅިވަރަންފަރަށާއި ނޭކުރެންދޫ އަދި ވައިކަރަދޫއަށް އެމްޑީޕީގެ މެނިފެސްޓޯ އޮޑި ކުރި ދަތުރުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕް މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެ މެންބަރުންގެ ވާހަކައިގައި މެނިފެސްޓޯ އޮޑީގެ ދަތުރުގެ ބޭނުމާއި ޙާޞިލް ކުރަންބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. އަދި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިޙާބްގައި ވޯޓް ލާންވީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ސާފުކޮށްދެއްވިއެވެ. އަދި މި ދަތުރަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިސްނަންގަވައިގެން އެމަނިކުފާނު ބޭނުންފުޅު ވެލައްވައިގެން، ރައްރަށުގެ ރައްޔިތުންގެ ހާލަތު ވަރަށް ކައިރިން ދެނެގަނެ، ރައްޔިތުންގެ ބޭނުންތައް އަހައި އޮޅުން ފިލުވުމަށް ކުރަމުންދާ ދަތުރެއްކަމަށް މެންބަރުން ފާހަގަ ކުރެއްވިއެވެ.

ނޮޅިވަރަންފަރަށާއި ނޭކުރެންދޫ އަދި ވައިކަރަދޫއަށް އެމްޑީޕީ މެނިފެސްޓޯ އޮޑި ކުރި ދަތުރުގައި ރަށްރަށުގެ ޓީމްތަކާއި ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުން ތަކުގައި ރަށުގެ ހާލަތު ދެނެގަތުމަށް ރަށުގެ ރައްޔިތުން ކައިރިން މައުލޫމާތު އަހާ އޮޅުން ފިލުވުމަށްފަހު މި ތިން ރަށުގެ ރައްޔިތުން ކުރި ސުވާލުތަކަށް މެނިފެސްޓޯ އޮޑީގެ މެންބަރުން ޖަވާބު ދެއްވިއެވެ. މި ބައްދަލުވުން ތަކުގައި އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ މެންބަރުންނާއި އެމްޑީޕީ ޕޮލިސީ ކޮމިޓީގެ މެންބަރުން ބައިވެރިވެ ރައްޔިތުންނަށް އެމްޑީޕީގެ ސިޔާސަތުތައް އިތުރަށް ވަނީ އޮޅުން ފިލުވައިފައެވެ.

އެމްޑީޕީގެ މެނިފެސްޓޯ އޮޑީގެ މެންބަރުން ކުރިއަށް ގެންދިޔަ ބައްދަލުވުން ތަކުގައި ރަށުގެ ޒުވާނުންނާއި ވިޔަފާރިވެރިންނާއި، ރަށުގެ އިސް ބައެއް ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ބަދަލު ކުރެވުނެވެ. އަދި ކުމުންދޫގެ މަދަނީ ޖަމުއިއްޔާތަކާ ބައްދަލުކޮށް ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާއިބެހޭ ގޮތުންނާއި އެމްޑީޕީގެ ސިޔާސަތު ތަކާއިގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރެވުނެވެ.

މެނިފެސްޓޯ އޮޑީގެ މެންބަރުން ނޮޅިވަރަންފަރަށާއި ނޭކުރެންދޫ އަދި ވައިކަރަދޫއަށް ކުރި ދަތުރުގައި މި ތިން ރަށުގެ އެމްޑީޕީގެ ކެންޕެއިން ޓީމާއި ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމާއި ކުރިއަށް އޮތް އިންތިހާބުގެ ވޯޓްގެ މަސައްކަތުގައި އެމްޑީޕީގެ ފަރާތުން އިސްވެ ހަރަކާތްތެރިވާ މެންބަރުންނަށް މައުލޫމާތު ހިއްސާކޮށް، ހޭލުންތެރިކަން އިތުރު ކުރުމަށް އެކިއެކި މައުލޫމާތު ފޯރުކޮށްދެވުނެވެ.