އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ހުޅުމާލޭގެ ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ދޮރުން ދޮރަށް!

ލިޔުނީ: ޝަހީދާ

9350_643613792334239_13413613_n

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ހުޅުމާލޭގެ ރައްޔިތުންގެ ހާލުބައްލަވާ ދޮރުން ދޮރަށް -ވަޢުދާ ހިންގެވުމުގެ ބުރެއް މިއަދު )16ޖޫން 2013-އާދިއްތަ(ކުރިޔަށް އެބަގެންދަވައެވެ.

މިއަދުގެ މި ދޮރުން ދޮރަށް – ވަޢުދާ ހިންގެވުމުގައި ރައީސް ނަޝީދު އެމްޑީޕީގެ ހުޅުމާލެ އޮފީސް ހުޅުއްވައިދެއްވާ، ހުޅުމާލޭގެ އެމަނިކުފާނުންގެ ކެމްޕެއިން އޭޖެންޓުންނާއި ބައްދަލު ކުރައްވާ ކެމްޕެއިންގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުވަނީ ބައްލަވާ ލައްވާފަވެއެވެ. އަދި މީގެ އިތުރުން ހުޅުމާލޭގެ ޕްރީ-ސްކޫލަށް ޒިޔާރަތްކުރައްވާ ސްކޫލުގެ ކަންކަން ހުރި ނެތްގޮތް ބައްލަވާލެއްވިއެވެ.

ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމާއި، ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މިއަދުގެ މި މަސައްކަތްޕުޅުގައި މެންދުރުވަންދެން ހުޅުމާލޭގައި އެމަނިކުފާނު އުޅުއްވާނެއެވެ.

ހުޅުމާލޭގައި ކުރިޔަށް ދާ ދޮރުން ދޮރަށް- ވަޢުދާ ހިނގުމުގައި އެމްޑީޕިގެ ޕާލިއަމަންޓަރީ ގްރޫޕުގެ ބޭފުޅުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި ރައީސް ނަޝީދުގެ ކެމްޕެއިންގެ ހަރަކާތްތެރިންނާއި ޕާޓީގެ މެމްބަރުންނާއި، އެމަނިކުފާނުންގެ ސަޕޯޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.