މިއަދު ވެސް “ބޯޑިންގޕާސް އެއްބުރުން” ފަންޑް ރެއިޒިންގ ހަރަކާތް ކުރިޔަށް ގެންދިޔަ

އައްޑޫ ސިޓީގެ އެމްޑީޕީގެ ކެމްޕެއިން ޓީމުން ރާއްވަވައިގެން އެއްބުރުން ރައީސް ނަޝީދު ހޮވުމަށް މިހާރު ކުރިޔަށް ގެންދާ ހަރަކާތުގައި މިއަދު ވެސް “ބޯޑިންގޕާސް އެއްބުރުން” ފަންޑް ރެއިޒިންގ ހަރަކާތް ކުރިޔަށް ގެންދިޔައެވެ.

މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރޭގައި “ބޯޑިންގޕާސް އެއްބުރުން” ހޯއްދަވަން ބޭނުންފުޅު ފަރާތްތަކަށް ބޯޑިންގޕާސް ދޫކުރުމާއި، ޑިއުޓީ ފްރީ ޝޮޕުން ޓީޝާޓް ވިއްކުންވެސް ކުރިޔަށް ގެންދިޔައެވެ.

ބޮޑު ތަރުޙީބެއް ލިބުނު މިއަދުގެ މި ހަރަކާތްތައް ކުރިޔަށް ގެންދެވުނީ، އުސްފަސްގަނޑުންނާއި، ސަރަހައްދީ ޖަގަހައިންނާއި، ޓީ-ޖެޓީ ކައިރިންނާއި، ވިލިމާލެ ޒުވާނުންގެ ޖަގަހައިންނާއި އަދި ހުޅުމާލެ ޖަގަހައިންނެވެ.