މިއަދު ބޭއްވި ތ. އޮމަދޫ ކައުންސިލުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ، އެ އިންތިޚާބު ކާމިޔާބު ކުރެއްވި ޖާވިދު ޙަސަންއަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ޗެއަރޕާސަން މޫސާ މަނިކު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިރޭ އޮމަދޫ ކައުންސިލްގެ ވަގުތިީ ނަތީޖާ އިޢުލާންކުރުމާ ގުޅިގެން އެ ގޮނޑި ކާމިޔާބުކުރެއްވި ޖާވިދަށް މަރުޙަބާ ވިދާޅުވެ މި ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތަކަށް ޗެއަރޕާސަން ޝުކުރުއަދާ ކުރެއްވިއެވެ.