ނޫސް ބަޔާން

ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-006
ތާރީޚް: 11 ޖޫން 2009 (ބުރާސްފަތި)

އއ ތޮއްޑޫގެ 200 މީހުން އެމްޑީޕީގެ މެމްބަރުންނަށް ވުމަށް ފޯމު ފުރުމާ ގުޅިގެން ޕާޓީން ހޫނު މަރުހަބާއެއް ދަންނަވައިފި

އއ ތޮއްޑޫއަށް ނިސްބަތްވާ 200 މީހުން އެމްޑީޕީގެ މެމްބަރުންނަށް ވުމަށް އެދި މިއަދު ފޯމު ފުރައިފިއިފިއެވެ.
ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓްގައި މިއަދު އޮތް ބައްދަލުވުމެއްގައި ތޮއްޑޫއިން ޕާޓީއާ ގުޅުމަށް ފޯމުފުރި ފަރާތްތަކުން ވަޑައިގެންނެވި ވަފުދަކާ ޕާޓީގެ ވަގުތީ ރައީސް އަދި ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީއާއި ޕާޓީގެ ގައުމީ ޚަޒާންދާރު އަހްމަދު މައުސޫމް ބައްދަލުކުރައްވާ ތޮއްޑޫއިން އަލަށް ޕާޓީއާ ގުޅޭ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
“ތޮއްޑޫ ކަހަލަ ރަށަކުން އެހާ ގިނަ އަދަދެއްގެ ރައްޔިތުން އެމްޑީޕީއާ ގުޅުނުކަމީ އަޅުގަނޑުމެން އެކަމަށް މަރުހަބާ ކިޔާ އުފާކުރާ ކަމެއް. އަދި މިއީ ރައްޔިތުންގެ ތެރޭގައި ޕާޓީގެ މަގުބޫލުކަން އިތުރުވެ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެއް.” އިބްރާހީމް ހުސައިން ޒަކީ ވިދާޅުވިއެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް