“ބޯޑިންގ ޕާސް އެއްބުރުން” އިފްތިތާޙީ ފަންޑް ރެއިޒިންގ ޙަފްލާއަށް ވަރަށް ތަރުޙީބު ލިބުނު

boarding pass ehburun 130613 (39)

އައްޑޫ ސިޓީގެ އެމްޑީޕީގެ ކެމްޕެއިން ޓީމުން ރާއްވަވައިގެން އެއްބުރުން ރައީސް ނަޝީދު ހޮވުމަށް ބުރާސްފަތި ދުވަހުގެ ރޭ )13 ޖޫން 2013 ( 9 ޖެހިއިރު މަންދު ކޮލެޖް ހޯލްގަ ބޭއްވި “ބޯޑިންގ ޕާސް އެއްބުރުން” އިފްތިތާޙީ ފަންޑް ރެއިޒިންގ ޙަފްލާއަށް ވަރަށް ތަރުޙީބު ލިބުނުކަމަށް އައްޑޫ ސިޓީގެ ކެމްޕެއިންސްގެ ފަންޑް ރެއިޒިންގ ކޮމިޓީން އިބްރާޙިމް ހަމިދު މައުލޫމާތު ދެއްވިއެވެ.

ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވި “ބޯޑިންގ ޕާސް އެއްބުރުން” ޙަފްލާ އެންމެ ދޮޅުގަޑި އިރަށް ކުރިޔަށް ދިޔަކަމުގައިވީނަމަވެސް މި ޙަފްލާގައި އެތައް ބަޔަކު ބޯޑިން ޕާސް ހޯއްދެވިކަމަށާއި، ރޭގަ ބޭއްވީ ހަމައެކަނި އިފްތިތާޙި ޙަފްލާކަމުގައިވީނަމަވެސް ދޮޅުގަޑިއިރުގެ ތެރޭގައި 161200ރުފިޔާ ލިބިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ރޭގަ ކޮންމެ ބޭފުޅަކުވެސް ބޯޑިންޕާސް ހޯއްދެވީ ވަރަށް އުފަލާއިއެކު ކަމަށް ހަމީދު މައުލޫމާތު ދެއްވިއެވެ. އަދި މިއީ ރަމްޒީ ބޯޑިންގްފާހެއް ކަމުގައި ވީނަމަވެސް ވަރަށް ގިނަ ފަރާތްތަކުން މިހާރުވެސް އިތުރަށް ބޭނުންވެގެން ގުޅާކަމަށް މައުލޫމާތު ދެއްވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މަންދު ކޮލެޖްގައި އޮތް މި ޙަފްލާގައި “ބޯޑިންގޕާސް އެއްބުރުން” ދޫކުރުމުގެ އިތުރުން ޑިއުޓީ ފްރީ ޝޮޕުގެ ޙިދްމަތްވެސް ކުރިޔަށް ގެންދިޔަ ކަމަށާއި އެ ޝޮޕުން 100 ރުފިޔާއަށް “އެއްބުރުން” ޖަހާފަވާ ޓީ-ޝާޓް ވަރަށް ގިނަ ފަރާތްތަކަކުން ބައްލަވައިގަތްކަމަށް މައުލޫމާތު ދެއްވިއެވެ.

މި ޙަފްލާއަށް ފަހު މިއަދުވެސް “ބޯޑިންގެޕާސް އެއްބުރުން” ދޫކުރުން ކުރިޔަށް ގެންދިޔައެވެ. އަދި އުސްފަސްގަނޑުގައި ކުރިޔަށް މި އޮތް ދެދުވަހުވެސް ހަވީރު 4ކުން ރޭގަނޑު 10 ކަށް މި ޑިއުޓީ ފްރީ ޝޮޕް ހުޅުވިފަ ހުންނާނެކަމަށް މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން މާދަމާ މާލޭގެ 5 ސަރަހައްދެއްގަިއި ޓީޝާޓް ލިބޭނެގޮތަށް ރާވާ ހަމަޖައްސައިފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

އަދި މީގެ އިތުރުން މިރޭ އައްޑޫ ސިޓީގެ ހުޅުމިީދޫގައި “ބޯޑިންޕާސް އެއްބުރުން” ހަރަކާތް އިފްތިތާޙް ކުރުން ކުރިޔަށް ދިޔައެވެ. އަދި އައްޑޫ ސިޓީގެ ކޮންމެ ދާއިރާއެއްގައިވެސް “ބޯޑިންގްޕާސް އެއްބުރުން” ހަރަކާތް، ޑިއުޓީ ފްރީ ސޮޕްއާއި އެކު ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައިކަމަށް ހަމީދު މައުލޫމާތު ދެއްވިއެވެ.