ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު ” ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށް” ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރުމަށް 21 ޓީމު ފުރައިފި

މިއަދު (14 ޖޫން 2013- ހުކުރު) ހަވީރު 4 ޖަހާއިރު ރާއްޖޭގެ ތަފާތު 21 ރަށުގައި ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފިއެވެ.

އެމްޑީޕީގެ 21 ޓީމުން ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރާނެ ރަށްތަކަކީ، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. ހޮޅުދޫ، ރ. މަޑުއްވަރީ، ބ. ހިތާދޫ، ޅ. ނައިފަރު، ކ. ގުރައިދޫ، އއ. މަތިވެރި، އދ. ހަންޏާމީދޫ، ވ. ފެލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ދ.ކުޑަހުވަދޫ، ތ. ވިލުފުށި، ލ. އިސްދޫ، ގއ. ކޮލަމާފުށި، ގދ. ވާދޫ، ޏ. ފުވައްމުލައް، އައްޑޫ ސިޓީގެ ހުޅުމީދޫ އަދި މާލެ ސިޓީއެވެ.

އަދި، ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި ޅ. ހިންނަވަރުގައި އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ. އަދި މީގެ އިތުރުން އަނެއް 20 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނެވެ.

ޅ. ނައިފަރުގައި ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ.