ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށް” އިފްތިތާޙް ކުރުން މިއަދު އޮންނާނެ.

0d1d30afa9ec7b7b59a27b2414eae392

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، މިއަދު )14 ޖޫން 2013- ހުކުރު(ހަވީރު4 ޖަހާއިރު ޅ. ނައިފަރުގައި ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” އިފްތިތާޙް ކޮށްދެއްވާނެއެވެ.

ޅ. ނައިފަރުގައި ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމަށްފަހު، އެކުއެކީ، ރާއްޖޭގެ އެހެން 20 ރަށެއްގައި މި ސިޔާސަތު އިފްތިތާޙް ކުރުން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޅ. ނައިފަރުގެ އިތުރުން މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. ހޮޅުދޫ، ރ. މަޑުއްވަރީ، ބ. ހިތާދޫ، ޅ. ނައިފަރު، ކ. ގުރައިދޫ، އއ. މަތިވެރި، އދ. ހަންޏާމީދޫ، ވ. ފެލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ދ.ކުޑަހުވަދޫ، ތ. ވިލުފުށި، ލ. އިސްދޫ، ގއ. ކޮލަމާފުށި، ގދ. ވާދޫ، ޏ. ފުވައްމުލައް، އައްޑޫ ސިޓީގެ ހުޅުމީދޫ އަދި މާލެ ސިޓީ ގައެވެ.

ޅ. ނައިފަރުގެ އިތުރުން އަނެއް 20 ރަށުގައި ގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އަދި ޕާޓީގެ ލީޑަރޝީޕުގެ އިސް ބޭފުޅުންނެވެ.

މިގޮތުން ޅ. ނައިފަރުގައި ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއެކު އަނެއް 20 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ،

ހއ. އިހަވަންދޫގައި: އަލްއުސްތާޛް އަބްދުﷲ ހަސީނު
ހދ. ނޮޅިވަރަމުގައި: ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ވަޙީދު،
ށ. ފޯކައިދޫގައި: މާލެ ސިޓީގެ މޭޔަރ އަލި މަނިކު
ނ. ހޮޅުދޫގައި: ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އަސްލަމް
ރ. މަޑުއްވަރީގައި: ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޔާސް ލަބީބު
ބ. ހިތާދޫގައި: ކުރީގެ ޙާއްސަ މަޖިލީހުގެ މެންބަރު އަލީ ފާއިޒު
ޅ. ނައިފަރުގައި: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު،
ކ. ގުރައިދޫގައި: ކެނދިކުޅުދޫ ދައީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ޢީސާ .
އއ. މަތިވެރީގައި: ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެއިން ވަޙީދު
އދ. ހަންޏާމީދޫގައި: އަޙްމަދު ސަޢީދު )ގަހާ(
ވ. ފެލިދޫގައި: ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރަޝީދު )މެޓްރިކްސް މޯޑު(
މ. ދިއްގަރުގައި: ރައީސް ނަޝީދު ސަރުކާރުގެ މިނިސްޓަރ މުޙައްމަދު ޝިހާބް،
ފ. މަގޫދޫގައި: މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޠޯރިޤް،
ދ. ކުޑަހުވަދޫގައި: ރައީސް ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަޠީފް،
ތ. ވިލުފުށީގައި: މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނާޒިމް
ލ. އިސްދޫގައި: ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ ހާމިދު ޢަބްދުލްޣަފޫރު،
ގއ. ކޮލަމާފުށީގައި: މާފަންދު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)،
ގދ. ވާދޫގައި: އައްޝެއިހް ހުސެއިން ރަޝީދު
ޏ. ފުވައްމުލަކުގައި: ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މޫސާ މަނިކު،
އައްޑޫ ސިޓީގެ ހުޅުމީދޫގައި: ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ހަމްޒާ،
މާލޭ ސިޓީގައި: އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޢަބްދުﷲ އެވެ .

ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން މިއަދު ބާއްވާ ރަށްތަކަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ކޯޑިނޭޓަރުންނަކީ:

ހއ. އިހަވަންދޫ / ހދ. ނޮޅިވަރަމް: ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު،
ށ. ފޯކައިދޫ / ރ. މަޑއްވަރީ / ލ. އިސްދޫ: މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތަޛާ މާރިއާ އަޙްމަދް ދީދީ،
ނ. ހޮޅުދޫ/ ބ. ހިތާދޫ / ޅ. ނައިފަރު: ރައީސް ނަޝިދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް
ކ. ގުރައިދޫ: ޕްރޮވިންސް ރައީސް އިރްފާން ޒަކީ،
އއ. މަތިވެރި / އދ. ހަންޏާމީދޫ / ވ. ފެލިދޫ: މުޙައްމަދު ޝަފީޤް (ޝަފީގުގެ)،
މ. ދިއްގަރު / ފ. މަގޫދޫ / ދ. ކުޑަހުވަދޫ: ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބް،
ތ. ވިލުފުށި: މުޙައްމަދު ޝަރީފު )ސެންކޯ(،
ގއ. ކޮލަމާފުށި/ ގދ. ވާދޫ: ރައީސް ނަޝީދު ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް،
ޏ. ފުއައްމުލަކު: ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް،
އައްޑޫ ސިޓީގެ ހުޅުމީދޫ: ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުތްފީ އަދި
މާލެ ސިޓީ: މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ)އެވެ.

ޅ. ނައިފަރުގައި ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް”އިފްތިތާޙް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ.