“އެއްބުރުން ޕެރޭޑް”އެމްޑީޕީގެ އަހަރީ ދުވަހު ބާއްވަނީ!!!

“އެއްބުރުން ޕެރޭޑް” ނަމުގައި ވަރަށް ކުލަގަދަ އުފާވެރި ޕެރޭޑެއް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(އަށް 8 އަހަރު ފުރޭ އަހަރީ ދުވަހު )26ޖޫން 2013-ބުދަ( ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްޑީޕިގެ އަހަރި ދުވަހު ހަވީރު 4ޖަހާއިރު މާލޭގައި އުސްފަސްގަނޑުން އަދި ރަށްރަށުގެ ހަރުގެތަކުން ފެށޭ މި އުފާވެރި އަދި ކުލަގަދަ ޕެރޭޑްގައި އެމްޑީޕީގެ މެމްބަރުންނާއި ހެޔޮއެދިވަޑައިގަންނަވާ ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށާއި މި ޕެރޭޑް ބައްލަވައިލެއްވުމަށް މަގުތަކަށް ނިކުމެވަޑައިގަތުމަށް އެމްޑީޕީގެ ހުރިހާ ދާއިރާއަކުންނާއި، އަންހެނުންގެ ރޫހުން އަދި ޒުވާނުންގެ ހިތްވަރުގެ ހަރަކާތްތެރިން އެދެއެވެ.

މިޕެރޭޑްގެ އިތުރުން އަހަރީ ދުވަހުގެ ވަރަށް ޚާއްސަ އުފާވެރި ޖަލްސާއެއް 26 ޖޫން 2013 ވާ ބުދަ ދުވަހުގެ ރޭ 9ޖަހާއިރު ބާއްވާގޮތަށްވެސް ވަނީ ހަމަޖައްސާފަކަމަށް ޕާޓީގެ ޗެއަރޕާސަން މައުލޫމާތު ދެއްވިއެވެ.