މެނިފެސްޓޯ އޮޑީގެ މެންބަރުން ހދ. ނެއްލައިދޫގެ ހާލަތު ދެނެގަނެފި

mail.google.com

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިހާރު ފަށާފައިވާ މެނިފެސްޓޯ އޮޑި ހދ. ނެއްލައިދޫއަށް ބަނދަރުކޮށް، މެނިފެސްޓޯ އޮޑީގެ މެންބަރުން އެރަށުގެ ރައްޔިތުންނާ ބައްދަލު ކޮށް އެރަށުގެ ހާލަތު ވަރަށް ގާތުން ދެނެގަނެވިއްޖެކަމަށް އޮޑިން މައުލޫމާތު ދިނެވެ.

މިއަދު ނެއްލާދޫއަށް އެމްޑީޕީގެ މެނިފެސްޓޯ އޮޑި ކުރި ދަތުރުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަކޮށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ނައިބް ލީޑަރ ޢަލީވަހީދު ވަނީ ވާހަކަ ދައްކަވާފައެވެ. އަލީ ވަހީދުގެ ވާހަކައިގައި މެނިފެސްޓޯ އޮޑީގެ ދަތުރުގެ ބޭނުމާއި ޙާޞިލް ކުރަންބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. އަދި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިޙާބްގައި ވޯޓް ލާންވީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ސާފުކޮށްދެއްވިއެވެ. އަދި މި ދަތުރަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ސީދާ ރައީސް ނަޝީދު އިސްނަންގަވައިގެން އެމަނިކުފާނު ބޭނުންފުޅު ވެލައްވައިގެން، ރައްރަށުގެ ރައްޔިތުންގެ ހާލަތު ވަރަށް ކައިރިން ދެނެގަނެ ރައްޔިތުންގެ ބޭނުންތައް އަހައި އޮޅުން ފިލުވުމަށް ކުރަމުންދާ ދަތުރެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު ނެއްލައިދޫ އަށް އެމްޑީޕީ މެނިފެސްޓޯ އޮޑި ކުރި ދަތުރުގައި ރަށުގެ އެކިއެކި ޓީމު ތަކާ ބައްދަލު ކުރުމަށް މެނިފެސްޓޯ އޮޑީގެ މެންބަރުން ތިން ގްރޫޕަކަށް ބަހާލައިގެން ރަށުގެ ރައްޔިތުންނާއެކު ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުން ތަކުގައި ރަށުގެ ހާލަތު ދެނެގަތުމަށް ރަށުގެ ރައްޔިތުން ކައިރިން މައުލޫމާތު އަހާ އޮޅުން ފިލުވުމަށްފަހު ނެއްލައިދޫ ރައްޔިތުން ކުރި ސުވާލުތަކަށް މެނިފެސްޓޯ އޮޑީގެ މެންބަރުން ޖަވާބު ދެއްވިއެވެ. މިއަދުގެ ބައްދަލުވުން ތަކުގައި އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ މެންބަރުންނާއި އެމްޑީޕީ ޕޮލިސީ ކޮމިޓީގެ މެންބަރުން ބައިވެރިވެ ރައްޔިތުންނަށް އެމްޑީޕީގެ ސިޔާސަތުތައް އިތުރަށް ވަނީ އޮޅުން ފިލުވައިފައެވެ.

ނެއްލައިދޫގައި އޮތް ބައްދަލުވު ތަކުގައި ރަށުގެ ޒުވާނުންނާއި ވިޔަފާރިވެރިންގެ ބައެއް ފަރާތްތަކާއި ރަށުގެ އިސް ބައެއް ރައްޔިތުންނާއި ބައްދަކޮށް މައުލޫމާތު ބަދަލު ކުރެވުނެވެ. އަދި ނެއްލައިދޫގެ ގިނަ ޢަދަދެއްގެ އަންހެނުންނާއި ރަށުގެ މަދަނީ ޖަމުއިއްޔާތަކާ ބައްދަލުކޮށް ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރެވިދާނެ ގޮތާއިބެހޭގޮތުންނާއި އެމްޑީޕީގެ ސިޔާސަތު ތަކާއިގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރެވުނެވެ. އޭގެ ތެރޭގައިސް ގެސްޓް ހައުސް ވިޔަފާރި އާއި ބޭހޭ މައުލޫމާތާއި ދަނޑުވެރިކަމާ ބެހޭ މައުލޫމާތު ފޯރު ކޮށްދީފައިވެއެވެ.

މެނިފެސްޓޯ އޮޑީގެ މެންބަރުން ނެއްލައިދޫއަށް ކުރި ދަތުރުގައި ނެއްލައިދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެންޕެއިން ޓީމުގެ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމާއި ކުރިއަށް އޮތް އިންތިހާބުގެ ވޯޓްގެ މަސައްކަތުގައި އެމްޑީޕީގެ ފަރާތުން އިސްވެ ހަރަކާތްތެރިވާ މެންބަރުންނަށް މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކަން އިތުރު ކުރުމަށް އެކިއެކި މައުލޫމާތު ފޯރުކޮށްދެވުނެވެ.

އެމްޑީޕީގެ މެނިފެސްޓޯ އޮޑީ ހދ. ނެއްލައިދޫއަށް ދިއުމުން ނެއްލައިދޫގެ ރައްޔިތުންވަނީ މެނިފެސްޓޯ އޮޑީގެ މެންބަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.