ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތި އުތުރުބުރީ ހޯރަފުއްޓަށް މިއަދު ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ޘަޤާފީ ކުޅިވަރާއެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސް ނަޝީދު މިއަދު ހަވީރު ހޯރަފުށީ އެމްޑީޕީ އޮފީސް ހުޅުވައިދެއްވައި ޤައުމީ ދިދައާއި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވިއެވެ. އެއަށްފަހު ރައީސް ނަޝީދު އެރަށުގެ އެމްޑީޕީގެ ކެމްޕޭން މަސައްކަތުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނާއި ބައްދަލުކުރެއްވިއެވެ.
މިރޭ ހޯރަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.