އެމްޑީޕީގެ ސިޔާސަތުތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީޕީން ފަށައިފައިވާ ޕްރޮގްރާމްގެ ދަށުން މެނިފެސްޓޯ އޮޑި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތައް މިހާރު އެކުލަވައިލެވި ޕްރޮގްރާމް ކުރެވިފައިވާ ކަމަށް މެނިފެސްޓޯ އޮޑިން މައުލޫމާތު ދެއްވައިފިއެވެ.
އެމްޑީޕީގެ މެނިފެސްޓޯ އޮޑި ރަސްމީކޮށް އިފްތިތާހް ކުރުމަށް ހޯރަފުއްޓައް މިހާރު ދަތުރު ކުރަމުންދާ އޮޑިން މައުލޫމާތު ދެއްވިގޮތުގައި ހޯރަފުއްޓަށް ލެފޭ ވަރުވަރު ވާނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ. ހޯރަފުއްޓަށް ދަތުރުކުރާ ޓީމްގެ ފަރާތުން މައުލޫމާތު ދެއްވަމުން ހާމަކުރެއްވި ގޮތުގައި ދަތުރުގެ ޕްރޮގްރާމްއަށް ބަދަލުތަކެއް އައީ ޓެކްނިކަލް މައްސަލައެއް ހައްލު ކުރުމަށް އޮޑި ފުރުން ތަންކޮޅެއް ލަސްވުމާއި ގުޅިގެންނެވެ.
އެމްޑީޕީ މެނިފެސްޓޯ އޮޑިން މައުލޫމާތު ދެއްވިގޮތުގައި ދަތުރުގެ ކަންކަން ބަރާބަރަށް ހިންގުމަށްޓަކައި ކުރަންޖެހޭ ފަހުގެ ތައްޔަރީތައް މިހާރު ނިންމިފައިވާ ކަމަށާއި މެނިފެސްޓޯ އޮޑި ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއެކު ބާރަށް މަސައްކަތް ކުރިއަށް ގެންދެވެނޭނެ ކަމަށެވެ. އަދި ރަށްރަށަށް ގޮސް ކުރަން ހުރި ކަންކަންކަން މިހާރު ޕްރޮގްރާމް ކުރެވިފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.
މެނިފެސްޓޯ އޮޑީގެ ފުރަތަމަ ދަތުރު ހަމަޖެހިފައިވަނީ ހއ. ހދ ބައެއް ރަށްރަށެވެ.