އުމުރުން 18 އަހަރު ފުރިފައިވާ ގއ. އަތޮޅު ސްކޫލްގެ ދަރިވަރު އެމްޑީޕީއަށް ސޮއި ކުރުމަކީ އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން މަރުޙަބާ ކިޔައި އުފާކުރާ ކަމެއް

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ ހާޒިރުގައި ގއ.ވިލިގިލީގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރި އުމުރުން 18 އަހަރު ފުރިފައިވާ ގއ. އަތޮޅު ސްކޫލްގެ ދަރިވަރު އެމްޑީޕީއަށް ސޮއި ކުރުމަކީ އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން މަރުޙަބާ ކިޔައި އުފާކުރާ ކަމެކެވެ.

އަދި އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެން ސްކޫލްގެ އިސްވެރިން އެދަރިވަރަށް އެކިގޮތްގޮތަށް ބިރުދައްކައި ސްކޫލުން ކަނޑާލާނެ ކަމުގެ އިންޒާރުދިނުން ހަރުއަޑުން ކުށްވެރިކުރަމެވެ. އަދި އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށްވެސް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެކަށް ވީހިނދު ތަޢުލީމީ ދާއިރާގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވުމަށް ގޮވާލަމެވެ.

ޤާނޫނު އަސާސީ އިޞްލާޙްކުރުމަށް ބޭއްވުނު ޚާއްޞަ މަޖިލިހުގައި އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތުކުރި އެއްކަމަކީ ވޯޓު ލެވޭ އުމުރު 18 އަހަރަށް ބަދަލުކުރުމަށެވެ. އިޞްލާޙްކުރެވުނު ޤާނޫނު އަސާސީގެ މައިގަނޑު އެންމެ ބޮޑު އިސްލާޙަކީވެސް މިއެވެ. އަދި އެއީ ދެވަނަ އެހެން އެއްވެސް ޕާޓީއެއްގެ ވިސްނުމެއްނޫން ކަމުގައި ފާހަގަކުރަމެވެ. އެހެންކަމުން ސިޔާސީ ޕާޓީގެތެރެއިންނާއި އަދި ޤައުމީ ތަފާތު އެކި ސިޔާސީ ފަންތިތަކުގައި ދިވެހި ޒުވާނުން މިއަދު ކުޅެމުންދާ ދައުރު ފާހަގަކޮށް އެކަމަށް އެކަށޭނަ އެހީތެރިކަމެއް ފޯރު ކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ސްކޫލްތަކުގައިވެސް ސިޔާސީ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކޮށް ދަރިވަރުންވެސް މިކަންކަމަށް އަހުލުވެރި ކުރުވުމަކީ ތަޢުލީމީ ދާއިރާއިން މިއަދު ކުރާން ޖެހިފައިވާކަމަކަށް ވީހިނދު، ޒިންމާދާރު ސިޔާސީ ލީޑަރުން އުފެއްދުމަށް ޒުވާނުންނަށް ސިޔާސީ މައިދާނުގައި ފުރުޞަތު ހުޅުވައިދިނުމަކީ މިޕާޓީން ނުހަނު އިސްކަންދޭކަމެކެވެ. އަދި ސިޔާސީ ކަންކަމުގައި ޒުވާނުން ބައިވެރިވުމަކީ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައި މިޕާޓީން ދެކެމެވެ.

ޒުވާނުންނަނަކީ ހުނަރުވެރި، މަސައްކަތްތެރި، އަދި އުފެއްދުންތެރި ބައެއްކަމުގައި ހަދައި ޤައުމުގެ ތަރައްޤީގައި ބައިވެރިވެ އުފާވެރި ދިރިއުޅުމެއް ބިނާކުރާނެ ބަޔަކަށް ހަދައިދޭނެ ސިޔާސަތުތައް ހުށައަޅާފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. އެހެންކަމުން އެމްޑީޕީއާ މިއަދު ގުޅެމުން އަންނަ ގިނަ މެމްބަރުންނަކީ ޒުވާނުން ކަން ފާހަގަކޮށް އުމުރުން 18 އަހަރުވެފައިވާ ކޮންމެ ޒުވާނަކުވެސް އެމްޑީޕީއާއި ގުޅުމަށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ޒުވާނުންގެ ހިތްވަރު