ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރ އަދި ދިވެހިރައްޔިތުންގެ ގެ ޕާޓީ (ޑީއާރޕީ)ގެ ޑިޕިއުޓީ ލާޑަރު އަލީ އާޒިމު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އާއި ގުޅިވަޑައިގަތުމުން ނުހަނު އިޚްލާސްތެރިކަމާއެކު މަރްޙަބާ އާއި ޝުކުރު ދަންނަވަމެވެ.
އަދި އަލީ އާޒިމު އެމްޑީޕީއާ ގުޅިވަޑައިގަތުމުން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށް މިޕާޓީއާއެކު މުޅި ހެންވޭރުގެވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނޭ ކަމުގެ އުއްމީދު އިތުރަށް އާވެއްޖެކަން މިފުރުސަތުގައި ދަންނަވަމެވެ.