އިނގުރައިދޫ ދާއިރާގައި އެމްޑީޕީގެ ކެންޕެއިން ހަރަކާތްތައް އާފޯރީގާ ކުރިއަށް.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށް މިހާރު ކުރިއަށްގެންދާ “އެއްބުރުން” ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން ރ. އަތޮޅު އިނގުރައިދޫ ދާއިރާގައި އެމްޑީޕީގެ ކެންޕެއިން ޓީމުގެ މަސައްކަތްތައް މިހާރު އާފޯރިއާއެކު ފަށައިގަނެވިފައިވާ ކަމަށް އެދާއިރާގެ ރައީސް ޙަސަން އަޙްމަދު މައުލޫމާތު ދެއްވިއެވެ.

އިނގުރައިދޫ ދާއިރާގެ މަސައްކަތް މިހާރު ގޮސްފައިވާ ގޮތާއި ބެހޭގޮތުން އިނގުރައިދޫ ދާއިރާގެ ކެންޕެއިން ޓީމުން މިއަދު (9 ޖޫން 2013- އާދިއްތަ) މައުލޫމާތު ދެއްވި ގޮތުގައި އެ ދާއިރާގެ ރަސްމާދޫ، އިނގުރައިދޫ އަދި އިންނަމާދޫގައި ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ދޮރުން ދޮރަށް ހިނގުމުގެ ފުރަތަމަ ބުރު ނިންމާ ދެވަނަ ބުރުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އަދި ރަސްމާދޫގައި ދޮރުން ދޮރަށް ހިނގުމުގެ ދެވަނަ ބުރުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ވަނީ ނިންމާފައި ކަމަށާއި، މި ތިން ރަށުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ ޗެކްކޮށް ހުރިހާ ކަމެއް ނިމި އަދި ރަޖިސްޓްރީގައި ހިމެނޭ މައްސަލަތައްވެސް ފާހަގަ ކޮށްފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

އިނގުރައިދޫ ދާއިރާގެ ކެންޕެއިން ޓީމުގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި ރަސްމާދޫ، އިނގުރައިދޫ އަދި އިންނަމާދޫ ގައި މިހާރު އެމްޑީޕީ ހަރުގެ އަޅާ ކެންޕެއިން ހަރަކާތްތައް ވަނީ ފަށައިގެން ކުރިއަށް ގެންދާން ފަށާފައިވާކަމަށެވެ. އަދި މި ދާއިރާގެ ވޯޓް ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އައިޑީ ކާޑު މުއްދަތު ހަމަވާ ފަރާތްތަކާއި އައިޑީ ކާޑު ހަލާކުވެފައިވާ ނުވަތަ ގެއްލިފައިވާ ފަރާތްތަކުގެ މައުލޫމާތު އޮޅުންފިލުވައި ކާޑު ހެއްދުމުގެ މުހިއްމުކަން އެފަރާތްތަކަށް ސާފުކޮށް ދިނުމަށް އެމްޑީޕީގެ ހަރުގެ ތަކުގައި ކޮންމެ ރެއަކުވެސް މައުލޫމާތު ދެވެމުންދާ ކަމަށް މައުލޫމާތު ދެއްވިއެވެ. އަދި 18 އަހަރު ފުރިގެން މި އަހަރު އަލަށް ވޯޓް ލެވޭ ކުދިންގެ މައުލޫމާތު ބަލަހައްޓަމުންގެންދާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

އިނގުރައިދޫ ދާއިރާގެ ކެންޕެއިން ޓީމުން މައުލޫމާތު ދެއްވިގޮތުގައި ރަސްމާދޫ އާއި އިންނަމާދޫ ހަރުގޭގައި ހަފްތާއަކު ދެރޭ އެމްޑީޕީގެ ކެންޕެއިން ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ މަސައްކަތްތައް އިތުރަށް ހަރުދާނާ ކުރުމަށް ކުރެވެމުންދާ މަސައްކަތާއި ބެހޭގޮތުން ޚިޔާލު ބަދަލު ކޮށް މަޝްވަރާ ބައްދަލުވުންތައް ބާއްވާކަމަށާއި، އެމްޑީޕީގެ ސިޔާސަތުތައް އޮޅުން ފިލުވައި ދިނުމަށް ތަފާތު މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި އަދި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދަށް ވޯޓް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކެންޕޭނު ޓީމުތަކުން މި ތިން ރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކޮށް އެމްޑީޕީގެ ސިޔާސަތު ތަކާބެހޭ މައުލޫމާތު ފޯރުކޮށް ދެވެމުންދާ ކަމަށް މައުލޫމާތު ދެއްވިއެވެ.

އިނގުރައިދޫ ދާއިރާގެ ކިނޮޅަހާއި ފައިނުގައި “އެއްބުރުން” ކެންޕެއިންގެ ދަށުން ދޮރުން ދޮރަށް ހިނގުމުގެ ފުރަތަމަ ބުރު ނިންމާ ދެ ވަނަ ބުރުގެ މަސައްކަތް ވަނީ ފެށިފައިކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ވޯޓްލާ މީހުންގެ ރަޖިސްޓްރީ ޗެކްކޮށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އަދި ރަޖިސްޓްރީގައި ހިމެނޭ މައްސަލަތައް ފާގަހަ ކޮށްފައިވާ ކަމަށް ކެމްޕެއިން ޓީމުން ވިދާޅުވިއެވެ.

ކިނޮޅަހާއި ފައނުގެ ވޯޓް ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އައިޑީ ކާޑުގެ މުއްދަތު ހަމަވާ ފަރާތްތަކާއި އައިޑީ ކާޑު ހަލާކުވެފައިވާ ނުވަތަ ގެއްލިފައިވާ ފަރާތްތަކުގެ މައުލޫމާތު އޮޅުންފިލުވައި އައިޑީ ކާޑު ހެއްދުމުގެ މުހިއްމުކަން އަންގާ ދެވެމުން ދާ ކަމަށާއި 18 އަހަރު ފުރިގެން މި އަހަރު އަލަށް ވޯޓް ލެވޭ ކުދިންގެ މައުލޫމާތު ބަލަހައްޓަމުންގެންދާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ވޯޓް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކެންޕޭނު ޓީމުތަކުން މި ދެ ރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކޮށް އެމްޑީޕީގެ ސިޔާސަތު ތަކާބެހޭ މައުލޫމާތު ފޯރުކޮށްދެވެމުންދާ ކަމަށް މައުލޫމާތު ދެއްވިއެވެ.

އަދި މީގެ އިތުރުން އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީއަށް ސަޕޯޓް ކުރާ ފަރާތްތައް ގުޅިގެން އިންނަމާދޫގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއްވެސް ކުރެވިފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

އެމްޑީޕީ އިނގުރައިދޫ ދާއިރާއިން މައުލޫމާތު ދިންގޮތުގައި މިދާއިރާގެ ހުރިހާ ހަރަކާތެއްވެސް ހިނގަމުންދަނީ ރ. އަތޮޅު ކޯޑިނޭޓަރ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށާއި އަދި ކެންޕެއިން ގިނަ ޙަރަކާތްތަކެއްގައި މާއިރާ ޢަޙްމަދު ދީދީ ބައިވެރިވެ އެހީތެރިކަން ދެއްވާ ކަމަށް މައުލޫމާތު ދިނެވެ.