އެމްޑީޕީ އައްޑޫ ސިޓީގެ އިއުލާން: ބޯޑިން ޕާސް އިވެންޓާއި ބެހޭ

iulaan

އެމް،ޑީ،ޕީ އައްޑޫސިޓީ ގެ އިދާރާ
ހިތަދޫ، ދިވެހިރާއްޖެ

ބޯޑިނގް ޕާސް

ބޯޑިންގ ޕާސް ހޯއްދަވާ! “އަޅުގަޑުމެން މި ނައްޓާލަނީ، ބެލްޓް އަޅުއްވާ ބާރުކޮށްލައްވާ!”
ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ އައްޑޫ ސިޓީގެ ވަރަށް މުހިންމު ބައްދަލުވުމެެއް 13 ޖޫން 2013 ވާ ބުރާސްފަތި ދުވަހުގެ ރޭ 9.00 ގައި މަންދު ކޮލެޖް (ކުރީގެ މާލޭ އިންގްލިޝް ސްކޫލް) ހޯލްގައި އޮންނާނެއެވެ.

އަޅުގަނޑުމެން، އައްޑޫ ސިޓީގެ ރައްޔިތުން މި ނައްޓާލަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެއްބުރުން ދިވެހިރާއްޖޭގެ ރައީސްކަމަށް އަނެއްކާ ވެސް ރައީސް ނަޝީދު އިންތިޚާބުކުރާށެވެ. އައްޑޫ ސިޓީގެ ރައްޔިތުން ދަނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މާލެއާއި އެހެނިހެން ރަށްރަށުގައި ތިއްބެވި އައްޑޫގެ ރައްޔިތުންނާއި އެއްބުރުން ރައީސް ނަޝީދު ހޮވަން ބޭނުންވާ މީހުން ވެސް އައްޑޫ ސިޓީގެ މި މަސައްކަތުގައި ބައިވެރިވުމަށް އެދެމުން ދެއެވެ.

އެހެންކަމުން، މާލެއާއި މާލެ ކައިރިި ރަށްރަށުގައި ތިއްބެވި އައްޑޫ ސިޓީގެ ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތަކާ އައްޑޫ ސިޓީގެ ކެމްޕޭން ޓީމުގެ ފަރާތުން ބައްދަލުކޮށްލަން ބޭނުންވެއެވެ. މި ބައްދަލުކުރުމުގައި އައްޑޫ ސިޓީގައި ކެމްޕޭން ހިނގަމުންދާގޮތުގެ މަޢުލޫމާތު ހިއްސާކޮށް އޮޅުންފިލުވައިދެވޭނެއެވެ. ކެމްޕޭންގައި ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް ބޭނުންވާ މީހުން ފާހަގަކުރުން އޮންނާނެއެވެ. ރައީސް ނަޝީދު ހެއްކެއްގެ ގޮތުގައި އެމް ޑީ ޕީ އަށް ސޮއިކުރައްވަން ބޭނުންފުޅު ވާ ފަރާތްތަކަށް އެ ފުރުޞަދު އޮންނާނެއެވެ. މީގެ އިތުރުން، ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިޒިން ހަރަކާތެއްވެސް މި ބައްދަލުވުމުގައި ކުރިޔަށް ގެންދެވޭނެއެވެ.

ވީމާ، އައްޑޫ ސިޓީގެ ކެމްޕޭނުގެ މަޢުލޫމާތު ލިބިގަތުމަށާއި، އެއްބުރުން ރައީސް ނަޝީދު ހޮވުމުގެ ކެމްޕޭނުގައި ވެވުނު ގޮތަކުން ބައިވެރިވުމަށް އެދޭ އައްޑޫ ސިޓީގެ ރައްޔިތުންނާއި އެނޫން މީހުން މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

8 ޖޫން 2013
އަޙުމަދު އަދުހަމް
އައްޑޫސިޓީގެ ރައީސް