ނޫސް ބަޔާން

ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-003
ތާރީޚް: 14 މޭ 2009 (ބުރާސްފަތި)

އެމްޑީޕީގެ ލީޑަރޝިޕްއާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ހިންގި އަމަލު ކުށްވެރިކުރުން

މިއަދު މާލޭގެ މަގުތަކުގައި ލައުޑްސްޕީކަރު މެދުވެރިކޮށް ބަޔަކު މީހުން ވަނީ މި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް މެމްބަރ އަދި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް 9 މޭ 2009 ވަނަ ދުވަހު ނެގުނު ވޯޓުގައި ހުޅުހެންވޭރު ރައްޔިތުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އެ ދާއިރާއަށް ހޮވާފައިވާ އަލްފާޟިލް މޫސާ މަނިކު، ޑީއާރޕީގެ ޒައީމް މައުމޫނު އަބްދުލްގައްޔޫމު ރާއްޖެ ވަޑައިގަތުމުން މަރާލާނެކަމަށް ވިދާޅުވިކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައެވެ.
ދިވެހިރައްޔިތުންގެ ހިތްތަކުގައި މި ޕާޓީގެ ލީޑަރޝިޕްއާ ދޭތެރޭ ނަފްރަތު އުފެދޭފަދަ މި ބާވަތުގެ އަމަލުތައް ތަކުރާރު ކުރަމުން ދާތީ މިފަދަ ފިނޑި އަމަލުތައް ހިންގާ ފަރާތްތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޒިންމާދާރު ގޮތެއްގައި އެފަރާތްތަކުގެ އަމަލުތައް ބެހެއްޓެވުމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް