ޅ. ނައިފަރުގައި ވައުދާ ހިނގުމުގެ ފުރަތަމަ ބުރު ނިންމައިފި

421204_132275470306858_1365681699_n

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށް މިހާރު ކުރިޔަށްގެންދާ “އެއްބުރުން” ކެމްޕެއިންގެ ހަރަކާތުގައި ނައިފަރުގެ ވައުދާ ހިނގުމުގެ ފުރަތަމަ ބުރު ނިންމައިފިކަމަށް ނައިފަރުގެ ކެމްޕެއިން މެނޭޖަރ އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ވައުދާ ހިނގުމުގެ ފުރަތަމަ ބުރު ހިނގާ ނިންމިއިރު މި މަސައްކަތުގައި ރަށުގެ ގިނަ ބައެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަމާއި އަދި މިކަމުގައި ޙާއްސަގޮތެއްގައި ރަށުގެ އަންހެންވެރިންގެ ބައިވެރިވުން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ވައުދާ ހިނގުމުގެ ފުރަތަމަ ބުރު ނިންމާ 1 ޖޫންގައި ކެމްޕެއިންގެ ހައުސް އޭޖެންޓުންގެ މަސައްކަތް ފަށާ ފިސާރި ފޯރީގައި މިމަސައްކަތައިގެންވެސް އެބައުޅޭކަމަށާއި، އެމްޑީޕީއަށް މެމްބަރުން އިތުރު ކުރުމުގެހަރަކާތެއް ނައިފަރުގެ އަންހެނުންގެ ރޫޙްގެ ފަރާތުން ރާވާ މި މަސައްކަތް1 ހަފްތާއަށް ކުރިޔަށް ގެންދާނެ ކަމަށާއި، ކަންމަތީ ކުދި ބައްދަލުވުންތައްވެސް އާއްމުކޮށް ބާއްވަން ފަށައިފައިވާކަމަށް އަބްދުލް އަޒީޒު ވިދާޅުވިއެވެ.