ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުނެްގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުހައްމަދު ނަޝީދު ކޮޅުމަޑުލުގެ ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފިއެވެ. މިއަދު މެންދުރު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތ. ބުރުންޏަށެވެ. ބުރުނީއަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެރަށުން އެމަނިކްފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެރަށުގައި ރައީސް ނަޝީދު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

އެއަށް ފަހު އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތ. ގުރައިދޫއެށެވެ. އެރަށުގަަަައިވެސް ރަައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަވެއެވެ. ތ. ގުރައިދޫއަށް ފަހު ރައީސް ނަޝީދު ދެން ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ވިލުފުއްޓަށެވެ. ވިލުފުށީގައި މިރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ބޭއްވުމައްވެސްވަނީ ހަމަ ޖެހިފައެވެ.

ވިލުފުށްޓަށްފަހު އެމަނިކުފާނު މާދަމާ ވަޑައިގަތުމަށް ހަމަޖެހިފާވަނީ ތ. ދިޔަމިގިއްޔަށެވެ. ދިޔަމިގިއްޔަށް ވަޑައިގަތުމައްފަހު އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމައްވެސް ވަނީ ހަމަޖެހިފައެވެ.

ތ. ދިޔަމިގިއްޔަށްފަހު ދެން މާދަމާ ރައީސް ނަޝީދު ވަޑައިގަންނަވާނީ ތ. މަޑިފުއްޓަށެވެ. މަޑިފުށީގައި ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރެްވެމަށްފަހު ދެން ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ގާދިއްފުއްޓަށެވެ. ގާދިއްފުށީގައިވެސް ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގާދިއްފުށިން ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ވޭމަންޑޫއަށެވެ. ވޭމަންޑޫގައި މާދަމާރޭ އެމްޑީޕީގެ ބޮޑު ޖަލްސާއްއްވެސް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވޭމަންޑޫއަށްފަހު އަންގާރަދުވަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވާންދޫއަށެވެ. ވާންދޫގައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ ހިރިލަންދޫއަށެވެ. ހިރިލަންދޫގައި ރައްޔިތުންނާއި ބައްދަލްކުރެއްވުމައްފަހު ދެން ފުރާވަޑައިގަންނަވާނީ ތ. ކަނޑޫދޫއަށެވެ. ކަނޑޫދޫގައި އެދުވަހު ރައްޔިތުންނާއި ރައީސް ނަޝީދު ބައްދަލްކުރައްވާނެއެވެ. އަދި އެރޭ ކަނޑޫދޫގައި އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކަނޑޫދޫގައި ރޭ ކުރެއްވުމަށްފަހު ބުދަ ދުވަހު ހެންދުނު ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކިނބިދޫއަށެވެ. ކިނބިދޫގައި ރައްޔިތުންނާއި ބައްދަލްކުރެއްވުމަށްފަހު ދެން ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ އޮމަދޫއަށެވެ. އޮމަދޫގައި ރައީސް ނަޝީދު ވަނީ ރައްޔިތުންނާއި ބައްދަލްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އޮމަދޫއަށްފަހު ރައީސް ނަޝީދު ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާނެއެވެ.