ނ. ބ. އަދި ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި “އެއްބުރުން” ކެމްޕެއިން ޖަލްސާ ބާއްވައިފި

noname

ނ، ބ އަދި ޅ އަތޮޅުގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި “އެއްބުރުން” ކެމްޕެއިން ޖަލްސާ ބާއްވައިފިއެވެ.

ރޭގަ މި 3 އަތޮޅުގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބޭއްވި ކެމްޕެއިން ޖަލްސާތަކުގައި މިހާތަނަށް އެމްޑީޕީއިން އާއްމުކޮށްފައިވާ ސިޔާސަތުތަކުގެ މައުލޫމާތުގެ މައްޗަށް އަލިއަޅުވާލައިވާހަކަ ދެއްކުމާއި، އެމްޑީޕީގެ 3 އަހަރުގެ ސަރުކާރުގައި ދިވެހިރައްޔިތުންގެ ލާބަޔަށް ކޮށްދެވުނު ކަންތައްތަކަށް ބަލައިލާ އަދި ރާއްޖޭގެ ތަރައްޤީއަށް އެމްޑީޕީގެ ސަރުކާރުން ކޮށްދިން ކަންތައްތަކުގެ މައްޗަށް ވާހަކަތައް ބިނާ ކުރެވިގެންދިޔައެވެ. 

އެމްޑީޕީ ސަރުކާރު ބަޤާވާތަކުން ވައްޓާލީމަ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ މައްޗަށް ބަލައިލާ ވާހަކަ ބިނާކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ލިބެމުންދިޔަ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހުއްޓިފައިވާ ކަމާއި އުމްރާނީ ތަރައްޤީ އަށް އެމްޑީޕީ ސަރުކާރުން ފަށައިފައިވާ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ބައްދަލުވުން ތަކުގައި އަލިއަޅުވާލެވުނެވެ. އަދި މީގެ އިތުރުން މިހާރުގެ ބާޢީ ސަރުކާރާއި އެމްޑީޕީގެ ސަރުކާރުގެ ތަފާތު ތަކުގެ މައްޗަށް ވާހަކަތައް އަމާޒު ކޮށްފައިވެއެވެ.

މި 3 އަތޮޅުގައި ރޭގަ ކުރިޔަށް ގެންދިޔަ މި ކެމްޕެއިންގެ ހަރަކާތަށްފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން އޭޖެންޓުން މި 3 އަތޮޅުގެ ހުރިހާ ރަށެއްގައި “އެއްބުރުން” ކެމްޕެއިންގެ S2 ގެ ފޯމް ފުރުމުގެ މަސައްކަތްތައް މިއަދު ވަނީ ފަށައިފައިވެއެވެ. މި 3 އަތޮޅުގެ 30 ރަށުގައި ރެއާއި އަދި މިއަދު މި ފެށީ ކެމްޕެއިންގެ ހަރަކާތުގައި އިސްކޮށް އުޅުއްވަނީ ބ. ތުޅާދޫ ދާއިރާގައި، މުޙައްމަދު އާދިލް،. ބ. އޭދަފުށީ ދާއިރާގައި، އަލީ ފާއިޒް އަދި އާޔަތުﷲ، ބ. ކެންދޫ ދާއިރާގައި މައުރޫފް ޒާކިރުއާއި އަޙްމަދު ސިރާޖްއެވެ. ޅ. އަތޮޅު ހިންނަވަރު ދާއިރާގައި މަޖްލިސް މެމްބަރ އަލީ ރިޒާއާއި އަލީ ނިޔާޒުއެވެ. ނައިފަރު/ކުރެންދޫ ދާއިރާގައި، އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙުމަދު ނަސީމުއާއި، އަބްދުލް އަޒީޒް އަބްދުލް ހަކީމުއާއި، ހަސަން ވަޙީދުއާއި އަދި ފާއިޒުއެވެ. ނ. ކެނދިކުޅުދޫ ދާއިރާގައި މުޙައްމަދު އާރިފު. މަނަދޫ ދާއިރާގައި ޔޫނުސް އަލީއާއި، އަލީ މާޖިދުއާއި އަދި މުޙައްމަދު މާހިރު އީސާއެވެ. ވެލިދޫ ދާއިރާގައި މުޙައްމަދު އާދިލުއާއި، އަބްދުﷲ ޒުބެއިރުއެވެ.