އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން އައްޑޫ ސިޓީއިން އެމްޑީޕީއާ ގުޅުނު 738 ޒުވާނުންނަށް ވަރަށް ހޫނު މަރްޙަބާ

noosbayan

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން އައްޑޫ ސިޓީއިން އެމްޑީޕީއާ ގުޅުނު 738 ޒުވާނުންނަށް ވަރަށް ހޫނު މަރްޙަބާ

ހުކުރު ދުވަހު ހަވީރު އައްޑޫ ސިޓީގެ ހިތަދޫގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ސިއްހަތާބެހޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށް ފަހު އެރޭ އައްޑޫ ސިޓީގެ ޒުވާނުން ރައީސް ނަޝީދަށް މަރްޙަބާ ކިޔުމުގެ ގޮތުން ކުލަގަދަ ޙަފްލާއެއް ފޭދޫގައި ބާއްވާ، މިޔުޒިކާ، ކެއުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ބާއްވާ ކުލަގަދަ ރެއަކަށް ހަދާ މި ހަފްލާގައި ރައީސް ނަޝީދުގު ހާޒިރުގައި ޕާޓީއަށް ސޮއިކުރި 738 ޒުވާނުންނަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ވަރަށް ހޫނު މަރުޙަބާކިޔަމެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގަ ބޭއްވި މި ކުލަގަދަ ޙަފްލާގެ ބައިވެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސޮއިކުރިކަމާއި އަދި މީގެ ތެރޭގައި ވަރަށް ގިނަ ޒުވާނުން ސޮއި ކޮށްފައިވާކަން އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން އުފަލާއެކު ފާހަގަކުރަމެވެ. މީގެ ތެރެއިން އެރޭ އެމްޑީޕީއަށް ސޮއިކުރެއްވި ޒުވާން ޝަފްޤާ އެމްޑީޕީއަށް ސޮއިކުރީ ކީއްވެގެންކަން ހާމަ ކުރައްވަމުން ވިދާޅުވީ “އައްޑޫ ސިޓީއަށް އެމްޑީޕީގެ 3 އަހަރުގެ ސަރުކާރުގަ އެތައް އެތައް ތަރައްޤީއެއް ގެނުވައިދިން ކަމަށާއި، ހުކުރު ދުވަހުރޭ ސޮއި ކުރި އެންމެހާ ޒުވާނުން ޤަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ވައުދުތައް ފުއްދޭނެ ކަމާއި މީގެ ކުރިންވެސް ވަޢުދު ފުއްދާފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމާއި، އަދިވެސް ވަޢުދު ފުއްދޭނީ ހަމަ އެމްޑީޕީއަށް އެކަނިކަމުން އެމްޑީޕީއަށް ގުޅުމަށް ނިންމީ ކަމުގައެވެ.އަދި ހަމަ އެރޭގެ މި ހަފްލާގައި ސޮއިކުރެއްވި އެހެން ޒުވާނެއްކަމުގައިވާ ޝޫޖްވިދާޅުވީ އައްޑޫގަ ހުކުރު ދުވަހުގެރޭ ސޮއިކުރި އެންމެހާ ޒުވާނުންވެސް ޤަބޫލުކުރާ ގޮތުގައި އެމްޑީޕީއަކީ ސިޔާސަތުތަކެއް އެކުލަވާލާއި، މެނިފެސްޓޯއެއް އާއްމުކުރާ ހަމައެކަނި ޕާޓީކަމާއި، ސާފު ސީދާ މިސްރާބަކަށް މަސައްކަތްކުރާ ހަމައެކަނި ޕާޓީiއަކީ އެމްޑީޕީކަމަށް ވުމުން އެމްޑީޕީއާ ގުޅުނީކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ ފުރަތަމަ ފަހަރަށް އަލަށް ވޯޓޫ ލެވޭ ގާތްގަޑަކަށް 30000 ޒުވާނުން ބައިވެރިވާ އިންތިޚާބުކަމާއި، އެމްޑީޕީގެ ޒުވާނުންގެ ހިތްވަރަށް ޔަޤީންކަން ލިބެނީ އައްޑޫ ސިޓީގައި ހުކުރު ދުވަހުގެރޭ ބޭއްވި ފަދަ ކުލަގަދަ ޙަފްލާއިން ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށްދޭ އަދި ޒުވާނުންގެ އުއްމީދުތައް ފުރިހަމަ ކޮށްދޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމެވެ.

އަދި ފުރަތަމަ ފަހަރަށް ވޯޓުލާ ޒުވާނުންނަށް ވޯޓު ރެޖިސްޓްރީ ކުރުމަށް ބާރުއަޅާ ހިތްވަރު ދެމުން، އިލެކްޝަންސް ކޮމިޝަނުން 30 މޭ ބުރާސްފަތި ދުވަހު ޝާޢިއު ކޮށްފައިވާ ރަޖިސްޓްރީގައި ވޯޓު ލުމަށް ރަޖިސްޓަރީ ވެފައިވޭތޯ ބެލުމާއި، ސައްހަ މައުލޫމާތު ރިަޖިސްޓްރީގައި ހިމެނިފައިވޭތޯ ބެލުމުގެ ފުރުސަތު އޮތީ 8 ޖޫން ހޮނިހިރު ދުވަހާ ހިސާބަށްކަމަށްވުމުން ވޯޓް ލުމަށް އެބޭފުޅަކު ރަޖިސްޓްރީ ވެފައިވާކަން ގެޒެޓްގައި ޝާއިއު ކުރެވިފައިވާ ލިސްޓުން އެގިވަޑައިގަންނަވާނެކަމާއި، އަދި 1414 އަށް އެސްއެމްއެސް ކުރެއްވުމުންވެސް މި މައުލޫމާތު ސާފުވެވަޑައިގަންނަވާނެއެވެ. އެސްއެމްއެސް މެދުވެރިކޮށް ބެއްލެވުމަށް “ވީއައިއެސް ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަމްބަރު ޖައްސަވައި VIS (space) ID Number 1414 އަށް މެސެޖް ކުރެއްވުމަށް އެމްޑީޕިގެ ޒުވާނުންގެ ހިތްވަރުން އެދެމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ޒުވާނުންގެ ހިތްވަރު