އައްޑޫ ސިޓީގެ ޒުވާނުންގެ ފަރާތުން ރައީސް ނަޝީދަށް މަރުޚަބާ ދެންނެވުމަށް ޚާއްޞަ ހަފްލާއެއް ބާއްވައިފި.

9403_586999128001421_1772570522_n

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް މަރުޚާބާ ދެންނެވުމަށް އައްޑޫ ސިޓީގެ ޒުވާނުން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ. އައްޑޫ ސިޓީ ފޭދޫ ބަނދަރުގައި ބާބެކިޔު އާއި މިޔުޒިކާއެކު ކުރިއަށް ދިޔަ މި ޚާއްޞަ ހަފްލާގައި ރައީސް ނަޝީދުގެ ހާޒިރުގައި 700އަށްވުރެ ގިނަ ޒުވާނުން އެމްޑީޕީއަށް ސޮއިކޮށް، މެންބަރޝިޕްގެ އިތުރު ފޯމްތައް އެމްޑީޕީގެ އައްޑޫ ސިޓީގެ އޮފީހާ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީގެ ފޭދޫގައި ޒުވާނުން ރޭ ބޭއްވި ޙާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، އެމްޑީޕީއަށް ގުޅީވަޑައިގަތް ޒުވާނުންނަށް ތަހްނިޔާ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޒުވާނުންނަކީ ޤައުމުގެ ކުރިމަގުގެ ވަރަށް މުހިއްމު ބައެއް ކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުން ސިޔާސީ ލީޑަރުންނަށް ހަދައިދޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ޒުވާނުންގެ ޕާޓީއެއް ކަމަށާއި ޕާޓީގެ ހުރިހާ ސިޔާސަތެއް ގުޅިފައި ވާނީ ވެސް ޒުވާނުންނާ ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯއަކީ އައްޑޫ ސިޓީއަށް ކުރިއެރުން ގެނުވައިދޭނެ، އައްޑޫގެ ވިންދާ ގުޅިފައިވާ މެނިފެސްޓޯއެއް ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އައްޑޫ ރައްޔިތުންގެ ފަރާތުން ކިޔަމުންދާ މަރުބާއަށާއި އަދާކޮށްދެއްވަމުންދާ ފުރިހަމަ މެހްމާންދާރީއަށް ޝުކުރު އަދާ ކުރެއްވިއެވެ.

އައްޑޫ ސިޓީގެ ޒުވާނުން އިސްނަގައިގެން ބޭއްވި މި ހަފްލާގައި އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސާ އައިމިނަތު ޝައުނާ ވާހަކަ ދެއްކެވިއެވެ. ޝައުނާގެ ވާހަކައިގައި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިން ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވާ ޒުވާނުންނާ ގުޅުންހުރި ވާހަކަތައްވަނީ ދައްކަވާފައެވެ. އަދި އެމްޑީޕީއަކީ ޒުވާނުން ބަޔަކަށް ހަދާނެ ހަމައެކަނި ޕާޓީކަމުގައިވެސް ވިދާޅުވެ، ޒުވާނުން ރިހެބިލިޓޭޓް ކޮށްދިނުމާއި ޒުުވާނުންނަށް މަތީ ތައުލީމް ލިއްބައިދިނުމުގެ މަގު ފަހިކޮށްދޭނެ ސިޔާސަތު އޮތް ޕާޓީއަކީ ހަމަ އެކަނި އެމްޑީޕީކަމަށް ވިދާޅުވިއެވެ.

ރޭގެ މި ހަފްލާގައި އައްޑޫ ސިޓގެ ޒުވާނުންގެއ ފަރާތުން ވާހަކަދެއްކެވި ޒުވާނުންގެ މަންދޫބު އިބްރާހިމް އަސްއަދު ދެއްކެވި ވާހަކައިގާ ޒުވާނުން އެމްޑީޕީއާ ގުޅެންބޭނުންވަ ސަބަބުތައް ބަޔާން ކޮށްދެއްވިއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ޒުވާނުންނަށް އަދުލު އިންސާފު ލިބެން އައްނަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިފަހަރުގެ ރިޔާސީ އިންތިޚާބްގައި އެއްބުރުން ހޮވައިގެން ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި އިންސާފެއް ނުލިބި ލިބެމުންދާ އަނިޔާތަކަށް ނިމުމެއް އަންނާނީވެސް ރައީސް ނަޝީދުގެ ވެރިކަމެއް ޤާއިމްވެގެން ކަމުގައި އައްޑޫ ޒުވާނުން ދެކޭ ކަމަށް ޒުވާނުންގެ ފާރާތުން ވާހަކަދެއްކެވި އިބްރާހިމް އަސްޢަދު ހާމަކުރެއްވިއެވެ. އަދި ޒުވާނުންނަށްވެސް އަނިޔާއެއް ލިބޭ ކޮންމެ ހިނދެއްގައި ޒުވާނުންގެ ޙައްޤުގައި ވާކާލާތުކޮށް، އިންސާނީ ޙައްޤާއި ޒުވާނުންގެ ޙައްޤުގައި އިސްނަގާ ޕާޓީއަކީ އެމްޑީޕީ ކަމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ އެހެން ޕާޓީތަކުގެ ޒުވާނުންވެސް ފާހަގަ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންގެ މަންދޫބު އަސްއަދު ވާހަކައިގާ ރައީސް ނަޝީދަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި ޒުވާނުންގެ ޙައްޤުތަކަށް އިސްކަންދެއްވާ ފަރާތެއްކަން އައްޑޫ ސިޓީގެ ޒުވާނުން ޤަބޫލު ކުރާ ކަމަށާއި ޒުވާނުންނަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ޒުވާނުންގެ ޙައްޤުގައި ވާކާލާތު ކުރައްވާ ލިޑަރެއް ކަމަށް ހާމަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެހެންޕާޓީތަކަށް ނިސްބަތްވާ އައްޑޫ ސިޓީގެ ގިނަ ޢަދަދެއްގެ ޒުވާނުން މިހާރު ތިބީ އެމްޑީޕީއާއި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ކަމަށް ހާމަކުރެއްވިއެވެ.

އައްޑޫ ސިޓީގެ ޒުވާނުން އިންތިޒާމް ކޮށްގެން ފޭދޫ ބަނދަރު ސަރަޙަށްދުގައި ބޭއްވި ހަފްލާ ތަޢާރަފް ކޮށްދެއްވީ އައްޑޫ ސިޓީގެ ރައީސް އަޙްމަދު އަދުހަމް އެވެ. އަދުހަމު ވިދާޅުވިގޮތުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކުން މީހުން ހިމެނޭ ގޮތަށް އެ ޕާޓީ އަށް ރޭ 700 އަށްވުރެ ގިނަ މެންބަރުން ސޮއިކުރައްވާފައިވާ ފޯމް އެމްޑީޕީއަށް ލިބިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ސޮއިކުރަން ބޭނުންވި އެތައް ބަޔަކު ތިބިނަމަވެސް ރޭގެ ވަގުތު ތަންނުދިނުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ވަނީ ސޮއި ނުކުރެވިފައިކަމުގައި އަދުހަމު ވިދާޅުވިއެވެ.

ޖޯޝާއި ފޯރީގައި ކުރިޔަށް ދިޔަ ރޭގެ މި ބާބަކިޔުއާއެކު ބޭއްވި މި ހަފްލާގައި ޒުވާނުން ގެ ބޮޑުބެރާ އައްޑޫ ސިޓީގެ ޒުވާން މިއުޒިކް ގުރޫޕުން މިއުޒިކް ހުށަހަޅައި ދިނުން އޮތެވެ. މި ޝޯގްވައި ރިވެރިން ގްރޫޕްގެ ބޮޑުބެރާއި، ބްލެކްޕާލް ޖޭޒް ބޭންޑްއާއި، އަދި މުހުތާރުގެ ގްރޫޕުން އައިޓަމް ހުށަހަޅާދީފައިވެއެވެ.