ހުޅުމާލޭގެ ޕްރީ ސްކޫލްގައި ރޭ ފަތިހު ހިނގާދިޔަ އަލިފާނުގެ ހާދިސާއެއްގައި އެސްކޫލް އެއްކޮށް އަނދާ ހުލިވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހިތާމަ ފާޅުކުރައްވައިފިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ހުޅުމާލޭ ލާލޭ ޕްރީސްކޫލުން އެހީތެރިވެދެއްވާ ހުޅުމާލެ ޕްރީ ސްކޫލް ކުދިންގެ ކިޔެވުމަށް މެދުކެނޑުމެއް އަޔަނުދީ އެކުދިންނަށް ކިޔެވޭނެ ފުރުޞަތު ހުޅުމާލޭ ލާލޭ ސްކޫލްގެ ފަރާތުން ފަހިކޮށްދެއްވާފައިވާތީ ލާލޭ ސްކޫލަށް މޫސާ މަނިކު ޝުކުރު އަދާ ކުރެއްވިއެވެ.
ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ އެސްކޫލުގެ ދަރިވަރުންނަށް ވީހާވެސް އަވަހަކަށް ކިޔޭވެނެ އިންތިޒާމް ހަމަޖެހިގެން ދިއުމާއި އެ ސްކޫލް އިމާރާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މިއަދު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި ކޮށްދެއްވެންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ހުޅުހެންވޭރު ދާއިރާއިން.