ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިފްތިތާޙް ކޮށްފި.

ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” މިއަދު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްފިއެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމާއި އެކުއެކީ ރާއްޖޭގެ 19 އަތޮޅާއި މާލެ ސިޓީގައި އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އޮތެވެ.

މިއަދު އެމްޑީޕީން އިފްތިތާޙް ކުރި ސިޔާސަތު އިފްތިތާޙް ކުރުމަށް 19 އަތޮޅާއި ދެ ސީޓީގެ ބައެއް ގެތަކަށް ކުރި ޒިޔާރަތުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށްފަހު ސިޔާސަތުތައް އިފްތިތާޙްކޮށްދެއްވި ބޭފުޅުން ދެއްކެވި ވާހަކަ ފުޅުގައި އެމްޑީޕީގެ އަމާޒަކީ އެމްޑީޕީން ތަޢާރަފްކުރި އާސަންދަ ފުރިހަމަ ގޮތުގައި އަލުން އިއާދަ ކުރުންކަމަށާއި މިހާރަށްވުރެ ބޮޑަށް ސިއްޙީ ދާއިރާގެ ހާލަތު ރަނގަޅުކޮށް މީހުން ބިނާ ކުރުން ކަމަށް ވިދާޅުވިއެވެ.

ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށް އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކައިގާ އެމްޑީޕީގެ ސަރުކާރުގައި ދެހާސް ޑޮކްޓަރުން ތަމްރީނު ކުރުމަށް ފުރުޞަތު ހުޅުވާލާނެ ކަމަށާއި އަދި ރަށްރަށުގައި ނުވަތަ ކޮމިއުނިޓީ ތަކުގައި މަސައްކަތް ކުރާނެ 250 ހެލްތް އެކްޓިވިސްޓުން ތަމްރީނުކޮށް ތަޢާރަފްކޮށް ޚިދުމަތައް ނެރުން ކަމަށެވެ. އަދި އެ ހެލްތް އެކްޓިވިސްޓުން މެދުވެރިކޮށް ބަލިމީހާއަށާއި ބަލިމީހާގެ އާއިލާއަށް އެހިތެރިވެދިނުން ކަމަށެވެ.

އެމްޑީޕީގެ އަމާޒަކީ ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމް ކުރުމާއި ހާސްކަމެއް ނެތި ބޭސްފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ދެއްކެވި ވާހަކައިގާ މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް ސިއްޚީ ޙިދުމަތްތަކާވެސް ގުޅުވުން ކަމަށް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީން ރައްޔިތުންނަށް ހުށަހެޅި ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” ބައެއް ދާއިރާތަކުގައި އިފްތިތާޙް ކުރުން ކުރިއަށް ގެންދިއައީ ދާއިރާ ތަކުގެ ތިން ގެއަކަށް ޒިޔާރަތްކޮށްގެންނެވެ. އަދި މި ގޭގެ ތަކުގެ އާއިލާ މީހުންނާއި އެހެން ފަރާތްތަކުން ކުރި ސުވާލުތަކަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރުން ޖަވާބު ދެއްވިއެވެ. އަދި ސިޔާސަތު އިފްތިތާޙް ކުރމުގެ މި ހަފްލާތަަކަށްފަހު އެމްޑީޕީގެ ސިޔާސަތާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ބައެއް ރަށްރަށުގައި އާއްމު ހަފްލާތައް ބާއްވަމުން ގެންގޮސްފައިވެއެވެ.