– 250 ސިއްހީ ހަރަކާތްތެރިން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގޭގެއަށް ވަދެ، ބަލިމީހުންގެ ހާލުބަލައި އިރުޝާދުދީ، ވަގުތުން ހައްލުކުރެވޭ ކަންތައްތައް ބަލާދޭނެ.
މާލެ ސިޓީ މާފަންނު ހުޅަނގު ދާއިރާ
މާލެ ސިޓިގެ މ. ޔުނިކޯންގޭގައި ސިއްހަތާގުޅޭ ސިޔާސަތު އިފްތިތާޙް ކުރުން
– އާސަންދަ ފުޅާކުރުން: ކުރިއެކޭ އެއްގޮތަށް އާސަންދަ ރުޖޫއަކޮށް، ކުއްލިގޮތަކަށް ނުވަތަ ދިގު މުއްދަތަށް ފަރުވާ ކުރަނަޖެހޭ ބަލިތަކަށް ހާއްސަ އިނާޔަތް ދެވޭނެ.
ރައީސް ނަޝީދު އައްޑޫ ސިޓިގެ ހިތަދޫ ސަންގެމަރުމަރުގޭގައި ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކޮށްދެއްވުމަށް ވަޑައިގަންނަވަނީ
– ޖެނެރިކް މެޑިސިން ތައާރަފް ކުރުން، ކޮންމެ ހޮސްޕިޓަލް/މަރުކަޒަކުން ލިޔެދެވޭ ބޭސް އެތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެ.
– މީހުން ބިނާކުރުން، 5 އަހަރު ތެރޭގައި 2000 ފަރާތައް ޑޮކްޓަރީ ތަމްރީނު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ. މިކަމުގެ ދިގު މުއްދަތުގެ އަމާޒަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަކީ ދިވެހީން ކަމަށް ވުނެ. ހުންރުގެ ދަށުން ސިއްހީ ދާއިރާއަށް މީހުން ތަމްރީނު ކުރެވޭނެ.
– “ހާއްސަ ގޮތެއްގައި ބަލިކޮށް އުޅޭ މީހުންގެ ދިރިއުޅުން ފަސޭހަވެ، އާއިލާތަކަށް ލުއިކޮށްދޭނެ، ދޮށީ އުމުރުގެ މީހުން ބަަލަހައްޓާ 2 މަރުކަޒު ޤާއިމު ކުރެވޭނެ”
ހދ. ހަނިމާދޫގައި ސިއްހަތު ސިޔާސަތު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައްޑޫ ސިޓީގެ ހިތަދޫގައި ސިއްހަތު ސިޔާސަތު އިފްތިތާހް ކުރމުގެ ތެރެއިން
– ޚާއްޞަ އެހީއެއް ބޭނުންވާ ފަރާތްތަކަށްވެސް އެހީވުމުގައި ހަރަކާތްތެރިވާނެ މުއައްސަސާއެއް ޤާއިމް ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް – ރައީސް ނަޝީދު
– ސިއްޙީ ދާއިރާއާއި ގުޅޭ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއި އެކުއެކީ ރާއްޖޭގެ 29 އަތޮޅާއި މާލލެ ސިޓީގައި މި ޕޮލިސީ މިހާރު އިފްތިތާޙް ކޮށްފި.
– ލިމީހާ ހޮސްޕިޓަލަށްދާނެ ނިޒާމް އިތުރަށް ހަރުދަނާކުރެވި، ހޮސްޕިޓަލު ހުންނަ ރަށްރަށަށް ދާން އައު ފެރީއެއް ގާއިމް ކުރެވޭނެ. މިފަދަ ދަތުރުތައް ކުރުމަށް ހާއްސަ ސަބްދިޑީއެއް ބަލިމީހާއަށް ލިބޭނެ
– ސިއްޙީ ޚިދުމަތްތަކާގުޅޭ ސުވާލު ތަކަށް ރައީސް ނަޝީދު އާއި ހެލްތް ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުން ޖަވާބު ދެއްވަމުން ގެންދަވަނީ
ޏ. ފުވައްމުލަކުގައި ސިއްހަތުގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް ވަޑައިގެން އުޅުއްވާ ޓީމު
– ރައީސް މިހާރު ހިތަދޫ ރޯމާ ގޭގެ މީހުންކައިރިން މައުލޫތު އޮޅުން ފިލުއްވަނީ
– ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތުގައި “މެޑިކަލް ޕްރޮފެޝަނަލުންގެ ބިލް” ފާސްކޮށް، މެޑިކަލް ކައުންސިލްގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތްޖުރާ މީހުންގެ ކަންކަން ބެލޭނެ.
– އައްޑޫ ސިޓީގައި މހާރު ވާހަކަ ދއްކަވަމުން ގެންދަވަނީ ނ. ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު
– އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވާ ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކޮށްދެއްވާނީ އައްޑޫ ސިޓީގެ ހިތަދޫގެ 3 ގެއެއްގައެވެ
– ނިއުޓްރިޝަން ޕްރޮގްރާމް ފަދަ ކުޑަކުދިންނަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން ލަމަރުކަޒީ އުޞޫލުން ހިންގުން އެއީ ވަރަށް މުހިއްމު ކަމެއް
– މީހުން ބިނާ ކުރުމަށް އިންވެސްޓް ކުރުމަކީ މިވަގުތަށް ވަރަށް މުހިއްމު ކަމެއް – ރައީސް ނަޝީދު
– ރާއްޖޭގެ ތިން ހިސާބެއްގައި 18 މަސްދުވަހުގެ ތެރޭގައި 3 ޓަރޝިއަރީ ހޮސްޕިޓަލް ޤާއިމް ކުރެވޭނެ.-ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން
މާފަންނު ހުޅަނގު ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތަޙްކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވަނީ
ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފި
ރ.އުނގޫފާރުގަ ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ތައްޔާރީތައްވަނީ
ގއ. ދާންދޫގައި ސިއްހަތާގުޅޭ ސިޔާސަތު އިފްތިތާޙް ކުރުމަށް ތައްޔާރުކުރުން
– ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސިޔާސަތަކީ ބަލިމީހާއާއި އޭނާގެ އާއިލާ ގޮތްހުސްވާން ދޫކޮށް ނުލުމެވެ.
– ގަދަވެތިބި ދިވެހީން ތިބެގެން ނޫނީ ޤައުމެއް ނެތް- ސިއްހަތު ސިޔާސަތު
– ހިތްހަމަޖެހުން. ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން- ސިއްހަތު ސިޔާސަތު
ހދ. ހަނިމާދޫގައި ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ޙަފްލާގެ ތައްޔާރީތައް ކުރިޔަށް