އެމްޑީޕީގެ ޒުވާނުން ހިތްވަރުން އިންތިޒާމްކޮށްގެ ލައިވް މިޔުޒިކާއެކު ބާއްވާ ޚާއްޞަ ހަރަކާތްތަކެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ. އެމްޑީޕީ ޒުވާނުންގެ ހިއްވަރުން މައުލޫމާތު ދޭ ގޮތުގައި މިރޭ ބާއްވާ ޚާއްޞަ ހަރަކާތަކީ މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޙާބަށް ވޯޓް ލުމަށް 100 ދުވަހާއި ގާތްވުމާއި ގުޅިގެން އެމްޑީޕީގެ ޒުވާނުންގެ ހަރަކާތުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކައުންޓް ޑައުން ފެށުން ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން ޒުވާނުންގެ ހިއްވަރުންނާއި އެމްޑީޕީގެ އެކިއެކި ގުނަންތަކުން މިހާރު ވަރަށް ފޯރިއާއިއެކު ދަނީ އެކިއެކި ހަރަކާތްތައް އިންތިޒާމްކޮށް ބާއްވަމުންނެވެ.