ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ ނެތިދިއުމަށް ދާންދެން” އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން މާދަމާ އޮންނާނެ

06_mdp_health_poster

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، މާދަމާ (ހުކުރު، 31 މެއި 2013) ހަވީރު 4 ޖަހާއިރު އައްޑޫ ސިޓީގެ ހިތަދޫގައި ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ ނެތިދިއުމަށް ދާންދެން” ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

އައްޑޫ ސިޓީގެ ހިދަތޫގައި ސިއްޙަތާގުޅޭ އެމްޑީޕީގެ “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ ނެތިދިއުމަށް ދާންދެން” ސިޔާސަތު ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމަށްފަހު، އެކުއެކީ، ރާއްޖޭގެ އެހެން 20 ރަށެއްގައި މި ސިޔާސަތު އިފްތިތާޙް ކުރުން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ އިތުރުން މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. މުރައިދޫ، ހދ. ހަނިމާދޫ، ށ. ފުނަދޫ، ނ. ވެލިދޫ، ރ. އުނގޫފާރު، ބ. ކެންދޫ، ޅ. ނައިފަރު، ކ. މާފުށި، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ތިނަދޫ، މ. މަޑުއްވަރީ، ފ. ބިލެތްދޫ، ދ. މީދޫ، ތ. ގުރައިދޫ، ލ. މާވަށް، ގއ. ދާންދޫ، ގދ. ރަތަފަންދޫ، ޏ. ފުވައްމުލައް އަދި މާލެ ސިޓީ ގައެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ އިތުރުން އަނެއް 20 ރަށުގައި ގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އަދި ޕާޓީގެ ލީޑަރޝީޕުގެ އިސް ބޭފުޅުންނެވެ. މިގޮތުން އައްޑޫ ސިޓީގެ ހިތަދޫގައި އެމްޑީޕީގެ ސިއްޙަތާގުޅޭ “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ ނެތިދިއުމަށް ދާންދެން” ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއެކު އަނެއް 20 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ،
ހއ. މުރައިދޫގައި: ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ ޢަބްދުލްޣަފޫރު މޫސާ،
ހދ. ހަނިމާދޫގައި: މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ އަލްއުސްތާޛް އިމްތިޔާޒް ފަހުމީ،
ށ. ފުނަދޫގައި: ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ ހާމިދު ޢަބްދުލްޣަފޫރު،
ނ. ވެލިދޫގައި: މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަލީ ރިޒާ،
ރ. އުނގޫފާރުގައި: މައްޗަންގޮޅި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު މުޙައްމަދު ރަޝީދު (ކުބޭ) އަދި އެމްޑީޕީ ޤައުމީ މަޖިލިސްގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ)،
ބ. ކެންދޫގައި: ރައީސް ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަޠީފް،
ޅ. ނައިފަރުގައި: ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް،
ކ. މާފުށީގައި: ތިނަދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު މުޙައްމަދު ޤަސަމް،
އއ. އުކުޅަހުގައި: ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ވަޙީދު،
އދ. ދިގުރަށުގައި: މާފަންދު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)،
ވ. ތިނަދޫގައި: ޤާނޫނީ ވަކީލު އަލްއުސްތާޛް ޢަބްދުﷲ ހަސީން،
މ. މަޑުއްވަރީގައި: ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް،
ފ. ބިލެތްދޫގައި: ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިވާ ޢަބްދުﷲ،
ދ. މީދޫގައި: ރައީސް ނަޝީދު ސަރުކާރުގެ މިނިސްޓަރ މުޙައްމަދު ޝިހާބް،
ތ. ގުރައިދޫގައި: ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ރަޝީދު،
ލ. މާވަށުގައި: ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މޫސާ މަނިކު،
ގއ. ދާންދޫގައި: ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައަމަދު ޝިފާޒް،
ގދ. ރަތަފަންދޫގައި: މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޠޯރިޤް،
ޏ. ފުވައްމުލަކުގައި: ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ހަމްޒާ،
މާލޭ ސިޓީގައި: އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޢަބްދުﷲ އެވެ.
“ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ ނެތިދިއުމަށް ދާންދެން” މިނަމުގައި ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރަށްތަކަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ކޯޑިނޭޓަރުންނަކީ:
ހއ. މުރައިދޫ / ހދ. ހަނިމާދޫ: ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު،
ށ. ފުނަދޫ / ރ. އިނގުރާދޫ / ލ. މާވަށް: މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތަޛާ މާރިއާ އަޙްމަދް ދީދީ،
ނ. ވެލިދޫ / ބ. ކެންދޫ / ޅ. ނައިފަރު: ރައީސް ނަޝިދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް
ކ. މާފުށި: ޕްރޮވިންސް ރައީސް އިރްފާން ޒަކީ،
އއ. އުކުޅަސް / އދ. ދިގުރަށް / ވ. ތިނަދޫ: މުޙައްމަދު ޝަފީޤް (ޝަފީގުގެ)،
މ. މަޑުއްވަރީ / ފ. ބިލެއްދޫ / ދ. މީދޫ: ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބް،
ތ. ގުރައިދޫ: ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް،
ގއ. ދާންދޫ / ގދ. ރަތަފަންދޫ: ރައީސް ނަޝީދު ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް،
ޏ. ފުއައްމުލަކު: ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް،
އައްޑޫ ސިޓީގެ ހިތަދޫ: ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުތްފީ އަދި
މާލެ ސިޓީ: މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ)އެވެ.

ސިއްޙަތާގުޅޭ އެމްޑީޕީގެ “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ ނެތިދިއުމަށް ދާންދެން” ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ވަނީ ދަޢުވަތު އަރުވާފައެވެ.