އިންޓަރނެޝަނަލް ޑިމޮކްރަޓިކް ޔުނިއަން )އައިޑީޔޫ( އިން 27 މޭ 2013ގައި ނެރިފައިވާ ރިޕޯޓް ގައިވާ ގޮތުން އިންތިޚާބާކާ ނުލާ ވެރިކަމަށް އަރާތިބި ބައެއްގެ ފަރާތުން ސިޔާސީ މަޤްޞަދުތަކަށްޓަކައި އައިޑީޔޫގެ މެމްބަރެއް ކަމުގައިވާ އެމްޑީޕީގެ މެމްބަރގެ މައްޗަށް ކުރާ ދައުވާ ހުއްޓާނުލާ ކުރިޔަށް ގެންދާކަމަށް އައިޑީޔޫގެ ރިޕޯޓްގައިވެއެވެ.
އެމްޑީޕީ ލީޑް ކުރައްވަނީ މިދިޔަ އަހަރު ބަޤާވާތަކުން ވެރިކަމުން ދުރުކޮށްފައިވާ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު ކަމާ ބަޤާވާތަށްފަހު މިއަހަރު ސެޕްޓެމްބަރު 7 ގައި ރިޔާސީ އިންތިޚާބު ބާއްވާގޮތަށް ރާވާއިފައިވާކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އައިޑީޔޫގެ ރިޕޯޓްގައިވާ ގޮތުން އެމްޑީޕީގެ 80 އެކްޓިވިސްޓުން މައްޗަށް ދައުވާ އުފުލައިފައިވާއިރު މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ރަޝީދު ހިމެނެއެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓުންގެ މައްޗަށް ނުހައްގު ދައުވާތައް އުފުލައިފައިވާއިރު ދައުލަތުގެ އަމަން ބަލަހައްޓާ މީހުން ކުރިކަމަށް ބުނާ ކުއްތަކުގެ މައްޗަށް އެމީހުންނަށް ދައުވާ ނުކުރާކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ، (ކޯނީ)ގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު އެމްޑީޕީއިން ބަޤާވާތާއި ދެކޮޅަށް ކުރި މުޒާހަރާގައި އެމްޑީޕީގެ މީހުންގެ މައްޗަށް ދައުލަތުގެ އަމަން ބަލަހައްޓާ ބާރު ތަކުން ޤާނޫނާއި ޚިލާފު އަނިޔާތައް ކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
ބަޤާވާތައް ފަހު ކުރެވުނު މުޒާހަރާ ތަކުގައި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ދިން ލާއިންސާނީ އަނިޔާތައް ބައިނަލް އަޤްވާމީ އިންސާނީ ޙައްގުތަކާބެހޭ މިނިވަން ޖަމްއިއްޔާތަކުންވެސް ކުށްވެރި ކޮށްފައިވާކަމަށް މި ރިޕޯޓުގައިވެއެވެ. މީ އަނިޔާތަކުގެ ތެރޭގައި ހައްޔަރު ކުރެވުނު އަންހެން ގައިދީންނަށް ޖިސްމާނީ ނޭދެވޭ އަނިޔާ ކޮށްފައިވާކަން މި ރިޕޯޓްގައި ވެއެވެ. އެހެންނަމަވެސް އެއްވެސް ތަޙްގީގެއް މި އަނިޔާވެރި އަމަލުތައް ހިންގާފައިވާ އަމަން ބަލަހައްޓާ މީހުންގެ މައްޗަށް ކޮށްފައި ނުވާކަމަށްވެސް މި ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
ސިޔާސީ މަޤްޞަދައްޓަކައި ވަކި ބައެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް އެމްޑީޕީއިން ކުށްވެރިކުރުމާއެކު އިންސާނިއްޔަތާ ޚިލާފު އަމަލުތައް ކުރި އަމަން ބަލަހައްޓާ ބާރުތަކުގެ މީހުންގެ މައްޗަށް ތަޙްޤީޤް ކުރުމަށްވެސް އެމްޑީޕީއިން ގޮވައިލާކަމަށް މި ރިޕޯޓްގައިވެއެވެ.
މިނިވަން އިންސާފު ވެރި އިންތިޚާބެއް ސެޕްޓެމްބަރ މަހުގައި ބޭއްވުމަށްޓަކައި ސިޔާސީ މަޤްޞަދުތަކަށްޓަކައި މިހާރު ކުރަމުން ގެންދާ ޝަރީޢަތްތައް ހުއްޓާލުމަށް އިންތިހާބަކާއި ނުލައި ވެރިކަމާ ހަވާލުވެފައި ތިބި ފަރާތްތަކަށް އައިޑޫޔޫއިން ގޮވާލާކަމަށް މި ރިޕޯޓްގައިވެއެވެ.