ނިމި ދިޔަ ހަފްތާގަ ގައްދޫގައި ދޭތިން ފަހެތި ކެމްޕެއިންގެ ހަރަކާތް ކުރިޔަށް ގެންދިޔަ

931446_470121693081869_680291430_n

2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(އިން ކުރިޔަށް ގެންދާ “އެއްބުރުން” ކެމްޕެއިންގެ ތެރެއިން ގދ. ގައްދޫ ދާއިރާގައި މި ނިމިދިޔަ ހަފްތާގަ ވަރަށް ފޯރިޔާއެކު މަސައްކަތްތައް ކުރިޔަށް ގެންދެވުނު ކަމުގައި އެ ދާއިރާގެ ރައީސް އަޙްމަދް ޒާހިރު ވިދާޅުވިއެވެ.

ގައްދޫގަ ކުރިޔަށް ގެންދިޔަ “އެއްބުރުން” ކެމްޕެއިންއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޒާހިރު ވިދާޅުވީ، މި ނިމިދިޔަ ހަފްތާގައި އެ ރަށުގަ ދޮރުން ދޮރަށް ހިނގުމުގެ 3ވަނަ ބުރު ވަނީ ފެށިފަކަމުގައެވެ. އަދި މީގެ އިތުރުން ހަރުގެއެއް އަޅާ ހަރުގެ ހުޅުވުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއްވެސް މިހާރު ދަނީ ކުރެވެމުންކަމުގައެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ގައްދޫގައި އެގްރި ވިޔަފާރިއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބައްދަލުމެއްވެސް ވަނީ ބާއްވާފައެވެ.