އދ. ފެންފުށީގައި އެމްޑީޕީގެ ކެންޕެއިން ހަރަކާތްތައް އާ ފޯރީއާއެކު ފެށިއްޖެ

އެމްޑީޕީންގެ މެންބަރުން މިހާރު ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން އދ. ފެންފުށީގައި އެމްޑީޕީގެ ކެންޕެއިން ހަރަކާތްތައް އާ ފޯރިއާއެކު ފެށިއްޖެއެވެ.

އެމްޑީޕީ މާމިގިލީ ދާއިރާގެ ރައީސް އިބްރާހިމް ރަޝީދު (އިބޫ) މައުލޫމާތު ދެއްވި ގޮތުގައި އެއްބުރުން ރައީސް ނަޝީދުއަށް މިއަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބު ކޮށްދިނުމަށްޓަކައި ހިންގާ ހަރަކާތްތަކުގެ ދަށުން އދ. މާމިގިލީ ދާއިރާގެ ރަށްތައްކުގައި އެކިއެކި ހަރަކާތްތައް މިހާރު ވަނީ ފެށިފައެވެ. އެގޮތުން އދ. ފެންފުށީގައި ހަރުގެއެއް އަޅާ ހަރުގެ ހުޅުވުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއްވެސް މިހާރު ދަނީ ކުރަމުންނެވެ. އދ. ފެންފުށީގައި ކެންޕެއިން ހަރަކާތްތައް ފެށި އެރަށުގެ ބޮޑު މަގުގައި އެމްޑީޕީގެ ދިދަވެސް ވަނީ ނަގާފައެވެ.

އދ. ފެންފުށީގައި އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދޮރުން ދޮރަށް ހިނގުމުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރު ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީ ތަކާއި ޑާޓާ އެންޓްރީ ކުރުމުގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ ކަމަށް އެމްޑީޕީ މާމިގލީ ދާއިރާގެ ރައީސް އިބްރާހިމް ރަޝީދު (އިބޫ) ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކެންޕެއިން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މިހާރު އިންތިޒާމް ކުރެވެމުންދާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.