ދެންނެވުން: ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭތޯ ޗެކްކުރުމާއި ޝަކުވާ ހުށަހެޅުން

dhennevun

ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭތޯ ބެއްލެވުން

30 މެއި 2013 ގައި ވޯޓު ލުމަށް ހަޢްޤުވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފިއެވެ. މި ރިޖިސްޓްރީގައި އެބޭފުޅެއްގެ މައުލޫމާތު ސައްޙަތޯ ބެލުމަށްފަހު އެއްވެސް މައްސަލައެއް ވާނަމަ 8 ޖޫން 2013ވާ ހޮނިހިރު ދުވަހުގެ ކުރިން “ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއި ބެހޭ ޝަކުވާ ހުށަހަޅާ ފޯރމް” ފުރުއްވުމަށްފަހު އިލެކްސްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި މިޕާޓީގެ އެދާއިރާއަކަށް ނިސްބަތްވާ ކެންޕޭން ޓީމާ ގުޅުއްވާ ހަވާލުކުރެއްވުމަށް ދެންނެވީމެވެ. މި ޝަކުވާ ފޯމާއިއެކު އައިޑީ ކާޑުގެ ކޮޕީއެއް ފޮނުއްވުންއެދެމެވެ.

ކޮންމެ ބޭފުޅަކުވެސް ވީ އެންމެ އަވަހަކަށް އެބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭނެތޯ ބެއްލެވުން މުހިއްމު ކަމުގައި ދަންނަވަމެވެ.

އިލެކްޝަންސް ކޮމިޝަންގައި އެކުލަވައިލާފައިވާ ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ލިސްޓް ކުރެވިފަ އިންތޯ ބެއްލެވުމަށް “VIS ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަމްބަރު ޖައްސަވައި 1414 އަށް މެސެޖް ކުރެއްވުން އެދެމެވެ.”

VIS (space) National ID Number
މިސާލު: VIS A123456

ރިޔާސީ އިންތޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާސް ރެޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންވެސް ބެއްލެވޭނެއެވެ. ރެޖިސްޓްރީ ބެއްލެވުމަށް ތިރީގައިވާ ލިންކުން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓަށް ވަޑައިގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖައްސަވައި ރަޖިސްޓްރީ ޗެކްކުރައްވާށެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ރެޖިސްޓްރީ ޗެކްކުރުމަށް މިލިންކަށް ފިތާލާށެވެ.

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު ޑައުންލޯޑުކުރެއްވުމަށް މިލިންކަށް ފިތާލާށެވެ.

މީގެ އިތުރުން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު އެމްޑީޕީ އޮފީހުންނާއި، ކެމްޕެއިން އޮފީހުންނާއި އަދި އުސްފަސްގަނޑުން ލިބެން ހުންނާނެއެވެ.

flier - registration

kula poster - Registration voter list [small]