އެމްޑީޕީގެ ދޭތިން ފަހެތި ކެމްޕެއިންއާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފި.

DSCN1458

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(އިން ކުރިޔަށް ގެންދާ ދޭތިން ފަހެތި ކެމްޕެއިންގެ ދޮރުން-ދޮރަށް ވައުދާ ހިނގުމުގެ މަސައްކަތްތަކާ ގުޅޭ މަސައްކަތު ބައްދަލުވުން މާލެ ސިޓީ ހޯލްގައި މިއަދު ބާއްވައިފިއެވެ.

މާލެ ސިޓީގަ ދޮރުން ދޮރަށް ހިނގާ އޭޖެންޓުންނަށް އަމާޒުކޮށްގެން ސިޓީ ހޯލްގައި ކުރިޔަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި، ދޮރުން ދޮރަށް ހިނގުމާއި،މިހާތަނަށް މާލެ ސިޓިގެ ދާއިރާތަކުގައި ދޮރުން ދޮރަށް ހިނގާ ލިބިފައިވާ މައުލޫމާތުގެ ރިޕޯޓް ހުށަހަޅާ އެކަމާ ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދިއުމާއި، ވޯޓަރ ރެޖިސްޓްރޭޝަންއާއި، އަދި ޕާޓީގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ދިނުން އޮތެވެ.

މާލޭ ސިޓީގެ އެކި ދާއިރާތަކުގަ ދޮރުން ދޮރަށް ހިނގާ އޭޖެންޓުންނަށް އަމާޒުކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ދޮރުން ދޮރަށް ހިނގުމުގެ އެންމެ ފަހުގެ މައުލޫމާތު ހުށަހަޅުއްވައި ދެއްވީ އެމްޑީޕީގެ ކެމްޕެއިން އޮފީހުގެ އޮޕަރޭޝަންސް މެނޭޖަރ މުޙައްމަދު ބަޝިރުއެވެ. އަދި މިހާތަނަށް މާލެ ސިޓީގެ ދޮރުން ދޮރަށް ހިނގާފައިވާ މައުލޫމާތުގެ ރިޕޯޓް އާއި ދާއިރާތަކުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ މިއަދުގެ ބައްދަލުވުމުގެ ބައިވެރިންކަމުގައިވާ ކެމްޕެއިން އޭޖެންޓުންނެވެ. މި ބައްދަލުވުމުގައި ވޯޓަރ ރަޖިސްޓްރޭޝަންއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވީ އެމްޑީޕީގެ އިލެކްޝަންސް ކޮމިޓީގެ މުގައްރިރި އިބްރާޙިމް ވަޙިދުއާއި ހުދާ އަޙްމަދްއެވެ. ޕާޓީގެ ޕޮލިސީތަކާ ގުޅޭ މައުލޫމާތު ދެއްވީ ޕޮލިސީ ކޮމިޓިގެ މުޤައްރިރު އަދި އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މަހްމޫދް ރާޒީއެވެ.

ޕާޓިގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަލީ ޝިޔާމު ފައްޓަވައިދެއްވި މި މަސައްކަތު ބައްދަލުވުން މިއަދު މެންދުރުފަހުގެ 3ޖަހަންދެން ކުރިޔަށްދިޔައެވެ.