ހަރުގެ ބިތްދޮށުން ގޭގޭ ޖޯލިތަކުން

ސިގްމަންޑް: މަރުޒުބާން، ކަލެއަށް ހުވަފެން ފެނޭތަ؟
މަރުޒުބާން: އާނ… ކޮންމެ ރެއަކު ފެނޭ
ސިގްމަންޑް: ކޯޗެއްތަ ފެންނަނީ؟
މަރުޒުބާން: ރާއްޖޭގައި ވެރިކަން ކުރާތީ… ރަށްރަށަށް އެރީމާ ދެފަރާތުން މީހުންގަޑު އެއްވެ އަހަރެން ދެކެން އުޅޭތީ… އަދި އަންހެން ކުދިން އަހަންނާ ގަޔާވާތީ… ބައެއްފަހަރު އެކުދިންނާ ހުވަފެނުގައި ވާހަކަވެސް ދައްކަން…
ސިގްމަންޑް: ކަލޭ ތިޔަ ހުވަފެނާމެދު އެއްވެސް ކަމެއް ކުރަންތަ؟
މަރުޒުބާން: އާނ… މިހާރު އޮތް ސަރުކާރު ވައްޓާލަން ވެރިކަމަށް އެރޭތޯ މިމަސައްކަތް ކުރަނީ… އެންމެ ބޮޑަށް ބަލަނީ ގިނަގިނައިން ޓީވީއަށް އެރޭނެ މަގެއްފެނޭތޯ…
ސިގްމަންޑް: ކަލޭގެ ހުވަފެން ނިމެނީ ކިހިނެއްތަ؟
މަރުޒުބާން: އެއީ މައްސަލައަކީ… އަބަދުވެސް ނިމެނީ މަގުމަތީގައި ގަޔަށް އެއްޗެއް ނުލާ ހިގަމުންދަނިކޮށް… އަދި އަހަންނާ ދިމާލަށް އަންހެން ކުދިން އިގިލި ދިއްކޮށް ހީނހަދާ އަހަންނަށް މަލާމާތް ކުރާތީ…
ސިގްމަންޑް: ކަލޭގެ އަމިއްލަ ނަފްސާ ދޭތެރޭ ކަލޭ ހިތްހަމަޖެހޭތަ؟
މަރުޒުބާން: އާނ… އަހަރެން ކިހާ ރީތީ… އަޅުގަނޑުގެ ވަނަމުގައި “ދޮން…” ވެސް އޮވޭ… ދިވެހީން “ދޮން ކިޔަނީ… ރީތިވީމަ… ލޯބިން…
ސިގްމަންޑް: ކަލޭ ތިޔަ ކުރާ ބާވަތުގެ ކަންކަމާ ދޭތެރޭ އަހަރެން ކުޑަކޮށް އެބަ ކަންބޮޑުވޭ… އާންމު ގޮތެއްގައި ތިޔަ ބާވަތުގެ ކަންކަން ކޮށް އުޅެނީ… އަމިއްލަ ނަފްސުގައި އައިބު ހުންނަ މީހުން އެކަންކަން ފޮރުވަން… އަމުދުން ޖިސްމާނީ އުނި ސިފައެއް… އެހެން މީހުން ކައިރީ ދައްކަން ނުކެރޭކަހަލަ ކަމެއް ހުރެގެން އެކަން ފޮރުވުމަށްޓަކައި….
މަރުޒުބާން: ސިގްމަންޑް…. ދެން… ތިޔަ… ވާހަކަ… ނުދައްކާ… އަހަރެން ހާދަ ދެރަވެޔޭ…
ސިގްމަންޑް: ދެންވެސް ފަޅާ ނާރަނީސް ތިއުޅޭ އުޅުން ހުއްޓާލަބަލަ…ސަބްމެރިނުގައި އިނދެ ޓުއަރގައިޑުކަންކުރުން މާ ބުއްދިވެރިވާނެ…ދުވަސްކޮޅަކަށް ނަމަވެސް
މަރުޒުބާން: ތިއޭ އެއްކަލަ ސިގްމަންޑާ މައްސަލަޖެހޭ ކަމަކީ…
—————————————————————————————————–

ރުގިއްޔާ: ދަރިފުޅާ އިބްރާހިމާ… ދޮން އަލިބޭބެ ގޯތި ހަސަނު ދައްކާ ވާހަކައިން އަހަން ވާ މިއުޅެނީ ހިތްބިރުން… ހާދަ ބިރެކޭ ގަންނަނީ… އިބްރާހީމް: މަންމާ… އެއީ ކޮން ވާހަކައެއް؟
ރުގިއްޔާ: ރާއްޖެ ވިއްކާލާ ވާހަކަ…
އިބްރާހިމް: ރާއްޖެ ވިއްކަނިއްޔޭ… ކާކު ދައްކާ މޮޔަ ވާހަކައެއް…؟
ރުގިއްޔާ: ހަސަނެއްނު… މިއަދު ޖައުޒާ ބަލާގޮސް ސްކޫލް ދޮށުގައި ތިއްބާ ދުބުރިގޭ ފާތުމައާ ދަރިފުޅުގެ ބޮޑުދައިތަވެސް އަޑުއަހާނެ…
އިބްރާހިމް: މީހަކު ދައްކާހާ ވާހަކައެއް މަންމަމެން ގަބޫލުކުރަންދޯ؟ ތިޔަހެން ކަންކަމާ ވާހަކަ ދައްކަންޏާ މަންމަމެންގެ ވާހަކަ އަޑުއަހާ މީހުންވެސް އުޅޭނީ ބިރުންނެއްނު… ތިޔަ ވާހަކަތައް ދައްކާ މީހުންގެ ބޭނުމަކީ މަންމަމެން ކަހަލަ މީހުން ބިރުގެންނެވުމޭ… އެއީ ވޯޓު ހޯދަން ކުރާ ކަމެއް…
ރުގިއްޔާ: އެހެން ވިއްޔާ ރާއްޖެ ވިއްކާލަން ބަޔަކު އުޅޭތަ އެބަ..؟
އިބްރާހީމް: އެއީ ސަރުކާރުން ކުރާ ކަންކަމާ ދޭތެރޭ މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައި އޮޅުވާލުމަށް ދައްކާ ވާހަކަ… ސަރުކާރުންނެއް ނޫޅެ ރާއްޖެ ވިއްކާލާކަށް… މައުމޫނު ވެރިކަމުގައި ހުރެގެން ރާއްޖެ ވިއްކޭނެ ވަރަކަށް ވިއްކާފަ އެހެރީ… އެހެންވެ އޭނަ ދަމާ ވެރިކަމުން ބޭލީވެސް… ރާއްޖޭގެ ޝިޕިންގ ލައިން ބަގުރޫޓުކޮށް… ރާއްޖެ ދަރުވާލައި ހެދީ ކާކުތަ؟ އޭނަ ވެރިކަމުން ބާލާފައި ބެލިއިރު އެންމެ ލޯ ލާރިއެއްވެސް ނެތް… އެ ހާލަތަށް ވައްޓާލާފައި އޮއްވާ މިހާރުގެ ސަރުކާރުން އެއުޅެނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ގޮތެއް ހޯދަން… އެކަން ކުރަމުންދާތީ ކަންބޮޑުވެގެން ދައްކާހާ ވާހަކަ މަންމަމެންނަށް ތިޔަ އިވެނީ…
ރުގިއްޔާ: ކޮންމެ ވާހަކައެއް ދެއްކިއަސް 30 އަހަރުގެ ވެރިކަމެއް ކުރި މީހަކު އަލުން ވެރިކަމަށް ގެންނާކަށް އަހަރެން ވޯޓެއް ނުދޭނަން… އޭނައާ ތިމާގެ މީހަކަށްވެސް އަހަރެން ވޯޓެއް ނުދޭނަން… އޭނައާ ވައްތަރުކޮށް އެއުޅޭ ކަލޭގެއަކަށްވެސް އަހަރެން ވޯޓެއް ނުދޭނަން
—————————————————————————————————–

ޒުބައިރު: ކޮބާ… ޑީ ސާހަބު މީ ހާދަ ހިންގާލާ މީހެކޭ ދޯ…؟
ޝައުކަތު: އާނ… އާނ… އެހެންތާ ވާނީ… އާދަވެފައި ހުރިކަމެއް ހުއްޓާލާކަށް ފަސޭހައެއް ނުވާނެނު… އަނެއްކޮޅުން އެއް ދޮގު ހަދައިފިއްޔާ މިޖެހެނީ އެކަން ފޫބައްދަން އިތުރު ދޮގުތަކެއް ހަދަން ވިއްޔަ ދޯ…؟
ޒުބައިރު: އާނ… މިހާރު އުޅެނީ… ވިލާތައް ގޮސް އެރަށު ވެރިޔާއަށް ދަންނަވައިގެން ފުލުހުންގެ ކެޕޭސިޓީ ބިލްޑު ކުރަން އެހީ ހޯދާށޯ.
ޝައުކަތު: އެހެންތަ… އަހަރެން އަޑުއެހިން ސާހަބުގެ އޮފީހަށް އުޅެނީ އެވެރިން ވަދެގެންނޭ ތަހްގީގު ކުރަން… އެކަމަކު ރަށުން ބޭރަށް ދިޔައީދޯ… އެހެންތާ ވާނީ… ބާގަނޑުތަކުގައި ފޮތިއަޅަން މަސައްކަތް ކުރަންޖެހޭނެނު ދޯ؟