ފާދިއްޕޮޅު ހިންނަވަރު ގައި އެމްޑީޕީގެ ކެންޕެއިން ހަރަކާތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ ޓީމްތަކެއް އެކުލަވައި ކެންޕެއިން މަސައްކަތްތައް ފަށައިފިއެވެ. މިއެގޮތުން މިހާރު ހިންނަވަރުގައި ކެންޕެއިން ކޮމިޓީ އެކުލަވައިލާ ފަންޑް ރެއިޒިކޮން ކޮމިޓީއަކާއި މިޑިއާ ޓީމަކާއި އިވެންޓް ޓީމަކާ އަދި މެނޭޖްމަންޓް ޓީމެއް ވަނީ އެކުލަވައި ލެވިފައެވެ. އަދި ހިންނަވަރުގައި އެމްޑީޕީން ކުރިއަށް ގެންދާ ކެންޕެއިންގައި އަންހެނުންގެ ރޫޚް ރަސްމީކޮށް ބައިވެރިކޮށް ކެންޕެއިންގެ މަސައްކަތް ވަނީ އިތުރު ބާރަކާއެކު ފެށިފައެވެ.
ހިންނަވަރުގައި އެމްޑީޕީގެ ކެންޕެއިން ހަރަކާތްތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު އަތޮޅުފެންވަރުގައި އެމްޑީޕީން ފަށައިފައިވާ ކެންޕެއިންތަކުގައިވެސް ހިންނަވަރުގެ ކެންޕެއިން ޓީމުންތަކުން ދަނީ ބައިވެރިވެ ހަރަކާތްތެރި ވަމުންނެވެ. މިގޮތުން ޅ. އޮޅުވެލިފުއްޓަށް ޚާއްޞަ ޓީމެއް ފޮނުވައިގެން އެރަށުގައި އެމްޑީޕީގެ ދޭތިންފަހެތި ދޮރުން ދޮރަށް ހިނގުމުގައި ވަނީ ބައިވެރިވެފައެވެ.
ހިންނަވަރުގައި އެކުލަވައިލެވުނު ޓީމުތަކުން ދޭތިން ފަހެތި ދޮރުން ދޮރަށް ހިނގުމުގެ ފުރަތަމަ ބުރު ނިންމާ ދެވަނަ ބުރުގެ މަސައްކަތް ވަނީ މިހާރު ފަށައިފައެވެ. އަދި އެމްޑީޕީގެ ޖަގަހަތައް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރުމާއި މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް މިހާރު ވަނީ ފެށިފައެވެ. އަދި ރިޔާސީ އިންތިޙާބަށް ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް އެމްޑީޕީގެ ހިންނަވަރު ކެންޕެއިން ޓީމުން ހަރަކާތްތަކެއް މިހާރު ވަނީ ފަށައިފައެވެ.