މިލަދުންމަޑުލު ދެކުނުބުރީ ބައެއް ރަށްރަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު ނަޝީދު މިއަދު ފުރާވަޑައިގަންނަވައިފި

މިލަދުންމަޑުލު ދެކުނުބުރީ ބައެއް ރަށްރަށް ކުރައްވާ ދަތުރުފުޅެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިލަދުނުްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ނ.ހެނބަދޫއަށެވެ. ހެނބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ކުރިއަށްދާ ދޮރުން ދޮރަށް ޕްރޮގްރާމްގައި ހެނބަދޫ ގޭގެއަށް ޒިޔާރަތް ކުރައްވާނެއެވެ. ހެނބަދޫއަށް ފަހު ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާޅެންދުއަށެވެ. މާޅެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ކުރިއަށްދާ ދޮރުން ދޮރަށް ޕްރޮގްރާމްގައި މާޅެންދޫ ގޭގެއަށް ޒިޔާރަތް ކުރައްވާނެއެވެ.

މާޅެންދޫ އަށްފަހު ދެން ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ލަންދޫ އަށެވެ. ލަންދޫއަށް ވަޑައިގެން ރައްޔިތުުންނާއި ބައްދަލު ކުރެއްވުމަށްފަހު ދޮރުން ދޮރަށް ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލަންދޫގައި އެމްޑީޕީ ޖަހަގަ ހުޅުއްވާ ދެއްވާނެއެވެ. ލަންދޫއަށް ފަހު ދެން ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޑަފަރީ އަށެވެ. އަދި ކުޑަފަރީގައި “އެއްބުރުން” މިނަމުގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ ދަތުރުފުޅުގައި 23 ވަނަ ދުވަހު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ. ނ. މާފަރަށެވެ. މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ކުރިއަށްދާ ދޮރުން ދޮރަށް ޕްރޮގްރާމްގައި މާފަރުގެ ގޭގެއަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި މާފަރުގައި އެމްޑީޕީގެ ޖަގަހައެއް ހުޅުއްވާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މާފަރަށް ފަހު ރއީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޅޮއްސަށެވެ. ޅޮއްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ކުރިއަށްދާ ދޮރުން ދޮރަށް ޕްރޮގްރާމްގައި ޅޮހީގެ ގޭގެއަށް ޒިޔާރަތް ކުރައްވާ އެމްޑީޕީގެ ޖަގަހައެއް ހުޅުއްވާ ދެއްވާނެއެވެ.

ރައީސް ނަޝީދު ޅޮށްސަށް ވަޑައިގަތުމަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިލަދޫއަށެވެ. މިލަދޫއަށް ވަޑައިގެން ރައްޔިތުުންނާއި ބައްދަލު ކުރެއްވުމަށްފަހު ދޮރުން ދޮރަށް ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިލަދޫގައި އެމްޑީޕީ ޖަގަހަ ހުޅުއްވާ ދެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ މަނަދޫއަށެވެ. މަނަދޫއަށް ވަޑައިގެން “އެއްބުރުން” މިނަމުގައި މަނަދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި 24 ވަނަ ދުވަހުގައި މަނަދޫގައި ދޭތިންފަހެތި ކެންޕެއިންގެ ދަށުން މަނަދޫ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާނެއެވެ.

ރައީސް ނަޝީދު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަނަދޫއަށް ފަހު ދވަޑައިގަންނަވާނީ ނ. މަގޫދޫ އަށެވެ. މަގޫދޫއަށް ވަޑައިގެން މަގޫދޫ ބަނދަރު ހުޅުއްވާ ދެއްވާނެއެވެ. އަދި މަގޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ގޭގެއަށް ދޮރުން ދޮރަށް ހިންގަވާނެއެވެ. މަގޫދޫއަށް ފަހު ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފޮއްދޫ އަށެވެ. ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ފޮއްދޫގެ ގޭގެއަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ފޮއްދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުއްވާ ދެއްވާނެއެވެ.

ރައީސް ނަޝީދު ނ. އަތޮޅަށް ކުރައްވާ ދަތުތުފުޅުގައި ފޮއްދޫ އަށްފަހުް ވަޑައިގަންނަވާނީ ހޮޅުދޫއަށެވެ. ހޮޅުދޫއަށް ވަޑާއިގެން ރައްޔިތުުންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ހޮޅުދޫގައި އެމްޑީޕީގެ ޖަގަހަ ހުޅުއްވާ ދެއްވާނެއެވެ. އެއަށްފަހު “އެއްބުރުން” މި ނަމުައި ހޮޅުދޫގައި ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ހޮޅުދޫއަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ހޮޅުދޫގެ ގޭގެއަށް ދޮރުން ދޮރަށް ޒިޔާރަތް ކުރެއްވުން އޮންނާނީ 25 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދު ނ. އަތޮޅަށް މި ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ސިޔާސަތު ތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދެއްވާ އެމްޑީޕީ ސަރުކާރުން ޤާއިމް ކުރެއްވި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޕްރޮގްރާމްގެ ކުރިއަށް ދާގޮތް ރައްޔިތުންގެ ކައިރިން އޮޅުންފިއްލުއްވާ ރައްޔިތުންގެ ހާލަތު ދެނެވަޑައިގަތުމަށް އެހެނިހެން މައުލޫމާތު އޮޅުންފިލުއްވާނެއެވެ.