އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިންގެ ހަރަކާތް މެލޭޝިއާގައި ބާއްވައިފި.

މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޯގައި ހަރަކާތްތެރިވަމުންދާ އެމްޑީޕީގެ ކެންޕެއިން އެޖެންޓުންނަށް އަމާޒުކޮށްގެން ޚާއްޞަ ބައްދަލުވުމެއް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބާއްވައިފިއެވެ.

މިހާރު މެލޭޝިއާގައި ހަރަކާތްތެރިވަމުން ދާ އެމްޑީޕީގެ ޓީމްގެ ފަރާތުން ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިން ކުރިއަށްދާގޮތާއި ބެހޭ މައުލޫމާތާއި އެކަމަށް ބޭނުންވާ ފޯމްތައް ވަނީ ފޯރުކޮށްދީފައެވެ. އަދި އެމްޑީޕީން މިހާރު ރައްޔިތުންނަށް ހުށަހަޅާފައިވާ ސިޔާސަތު ތަކާއިބެހޭ މައުލޫމާތާއި އެކަމާގުޅޭ ލުއިފޮތްވެސް އެފަރާތްތަކަށް ފޯރުކޮށްދީފައި ވެއެވެ.

މެލޭޝިއާގައި މިހާރު ހަރަކާތްތެރިވާ އެމްޑީޕީގެ ޚާއްޞަ ޓީމުގައި އިސްވެރިއެއްގެ ގޮތުން ވަޑައިގަތީ އެމްޑީޕީ ޗެއަރޕާސަން ނައިބު އިދާރީ ޢަލީ ޝިޔާމް އެވެ.