މިއަހަރު ބާއްވާ ރިޔާސީ އިންތިޙާބުގައި އެމްޑީޕީއަށް އެއްބުރުން ކާމިޔާބުކޮށްދިނުމަށް މާމިގިލީ ދާއިރާގައި މަސައްކަތްތައްދަނީ ކުރިޔަށް

Dhigurah jagaha

މިއަހަރު ބާއްވާ ރިޔާސީ އިންތިޙާބުގައި އެމްޑީޕީއަށް އެއްބުރުން ކާމިޔާބުކޮށްދިނުމަށް މާމިގިލީ ދާއިރާގައި މަސައްކަތްތައްދަނީ ކުރިޔަށްކަމަށް ދާއިރާ ރައީސް އިބްރާޙިމް ރަޝީދު )އިބޫ( ވިދާޅުވެއްޖެއެވެ.

މި ދާއިރާގަ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކައި އެދާއިރާގެ ފެންފުށި، ދިގުރަށް، ދަނގެތީގައި ކެމްޕެއިން ޖަގަހަ ވަނީ އަޅާ ނިމިފައެވެ. އަދި މި ތިން ރަށުގަ ވައުދާ ހިނގުމުގެ މަސައްކަތް ހަލުވިކަމާއެކު މިހާރުވެސް ކުރިޔަށް ދާކަމުގައި އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ފެންފުށީގައި އެމްޑީޕީގެ ބޮޑު ދިދައެއް ނެގުމަށް އެމްޑީޕީ މެމްބަރުން ދަނީ ތައްޔާރުވަމުންކަމަށާ، ދަނގެތީގައި ކެމްޕެއިން ޖަގަހަ ހުޅުވުމާއި ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތު މިހާރު ވަނީ ބާއްވާފައި ކަމަށް އިބޫ މައުލޫމާތު ދެއްވިއެވެ.