ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ކަންމަތީ ބައްދަލުވުމެއް މާދަމާ އެސްޓީއޯ ޓްރޭޑް ސެންޓަރ ކަންމަތީ އޮންނާނެ.

ފަނޑިޔާރުންނަށް ބިރުދެއްކެވުމަށާއި ރައީސް ނަޝީދުގެ ޝަރީޢަތައް ނުފޫޒު ފޯރުވުމަށް ޖޭއެސްސީ ރައީސް އާދަމް މުހައްމަދު ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ، ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ކަންމަތީ ބައްދަލުވުން މާދަމާ ދޭއް ޖަހާއިރު އެސްޓީއޯ ޓްރޭޑް ސެންޓަރު ކަންމަތީގައި އޮންނާނެއެވެ.

ކަންމަތީ މި ބައްދަލު ވުމުގެ ބޭނުމަކީ ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލަ ބައްލަވައި ފަނޑިޔާރުންނަށް އެކިގޮތް ގޮތުން ބިރުދެއްކުމާއި ބާރާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރައީސް ނަޝީދުގެ ޝަރީޢަތައް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ރައީސް އާދަމް މުޙައްމަދު ނުފޫޒު ފޯރުވަމުން ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމެވެ. އަދި ޖޭއެސްސީން ބިރުދައްކާ ނުފޫޒު ފޯރުވަމުންދާ ދިއުން ކަމާގުޅޭ އެންމެހާ މުއައްސަސާތަކުން ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް މި ކަންމަތީ ބައްދަލުވުމުގައި ގޮވާލާނެއެވެ.

މާދަމާ ދޭ ޖަހާއިރު އެސްޓީއޯ ޓްރޭޑް ސެންޓަރ ކަންމަތީގައި ބާއްވާ ކަންމަތީ ބައްދަލުވުމުގައި އެކިއެކި ބޭފުޅުންގެ ޝުޢޫރު ފާޅުކުރެއްވުމާއި އެކިއެކި ބޭބޭފުޅުންގެ ވާހަކަ ދެއްކެވުން އޮންނާނެ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުންނާއި ހެޔޮއެދިލައްވާ ވީހާ ގިނަ ފަރާތަކުން ބައިވެރިވެލެއްވުމަށް އެމްޑީޕީގެ ހުރިހާ ދާއިރާއަކުންނާއި، އަންހެނުންގެ ރޫހުން އަދި ޒުވާނުންގެ ހިތްވަރުގެ ހަރަކާތްތެރިން އެދިވަޑައިގަންނަވައެވެ.