ދަނޑުވެރިކަމުގެ އެމްޑީޕީ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މި ނަމުގައި ދަނޑުވެރިކަމުގެ އެމްޑީޕީ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ތިލަދުންމަތި ދެކުނުބުރީ ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ދަނޑުވެރިކަމުގެ އެމްޑީޕީ ސިޔާސަތު ހދ.ކުޅުދުއްފުށީގައި ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ. މި ރަސްމިއްޔާތާ އެކު އެކީހެން، ރާއްޖޭގެ އެހެން 20 ސަރަޙައްދެއްގައި މި ސިޔާސަތު އިފްތިތާޙްކުރެވިގެންދާނެއެވެ.
މި އިޙްތިފާލުތަކުގައި ބައިވެރުވުމުގެ ދައުވަތު އެސަރަހައްދެއްގެ އެންމެހާ ރައްޔިތުންނަށް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.