ރާއްޖޭގެ 21 ސަރަޙައްދެއްގައި ޤައުމީ ފެންވަރުގައި އެމްޑީޕީ އެގްރިވިޔަފާރި ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ.

1

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، އަންނަ ހޮނިހިރު ދުވަހު ) 18މެއި 2013 – ހޮނިހިރު( ހަވީރު 4ޖަހާއިރު ހދ. ކުޅުދުއްފުށީގައި “އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

ހދ. ކުޅުދުއްފުށީގައި އެގްރިވިޔަފާރި ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއިއެކުއެކީ، ރާއްޖޭގެ 18 އަތޮޅާއި ދެ ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކުރުން އެއްފަހަރާ ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހދ. ކުޅުދުއްފުށީގެ އިތުރުން މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. ކެލާ، ށ. ކަނޑިތީމް، ނ. ލަންދޫ، ރ. ހުޅުދުއްފާރު، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ކާށިދޫ، އއ. ތޮއްޑޫ، އދ. ކުނބުރުދޫ، ވ. ރަކީދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ކަޅައިދޫ، ގއ. ނިލަންދޫ، ގދ. ހޯޑެއްދޫ، ޏ. ފުވައްމުލައް، އައްޑޫ ސިޓީއިން ހުޅުމީދޫ އަދި މާލެ ސިޓީގައެވެ.

ހދ. ކުޅުދުއްފުށީގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއެކު18 އަތޮޅާއި 2 ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ،
ހއ. ކެލާގައި: ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު މުޙައްމަދު ޝިފާޒް،
ށ. ކަނޑިތީމުގައި: ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު ހާމިދު ޢަބްދުލްޣަފޫރު،
ނ. ލަންދޫގައި: ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް)،
ރ. ހުޅުދުއްފާރުގައި: މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ،
ބ. ގޮއިދޫގައި: ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އިލިޔާސް ލަބީބް،
ޅ. އޮޅުވެލިފުށީގައި: އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އަޙްމަދު ޢަބްދުﷲ،
ކ. ކާށިދޫގައި: މަހިނބަދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު ރުޤިއްޔާ މުޙައްމަދު،
އއ. ތޮއްޑޫގައި: ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ވަޙީދު،
އދ. އޮމަދޫގައި: މާފަންދު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު،
ވ. ރަކީދޫގައި: ރައީސް ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަޠީފް،
މ. މުލީގައި: ތިނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޤަސަމް / ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ މުޙައްމަދު،
ފ. ނިލަންދޫގައި: ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރިޔާޒް،
ދ. ކުޑަހުވަދޫގައި: ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޙަމްޒާ / މައްޗަންގޮޅި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރަޝީދު (ކުބޭ)،
ތ. ވޭމަންޑޫގައި: ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ނާޒިމް ރަޝާދު،
ލ. ކަޅައިދޫގައި: ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު އަސްލަމް،
ގއ. ނިލަންދޫގައި: މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޠާރިޤް،
ގދ. ހޯޑެއްދޫގައި: މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނާޒިމް،
ޏ. ފުވައްމުލަކުގައި: ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ރަޝީދު،
އައްޑޫސިޓީ ހުޅުމީދޫގައި: މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ރިޒާ،
މާލޭ ސިޓީގައި: ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރަށްތަކަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ކޯޑިނޭޓަރުންނަކީ:
ހއ. ކެލާ: ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު،
ށ. ކަނޑިތީމް / ރ. ހުޅުދުއްފާރު / ލ. ކަޅައިދޫ : މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރު އަލްއުސްތަޛާ މާރިއާ އަޙްމަދް ދީދީ،
ނ. ލަންދޫ / ބ. ގޮއިދޫ / ޅ. އޮޅުވެލިފުށި: ރައީސް ނަޝިދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް،
ކ. ކާށިދޫ: ޕްރޮވިންސް ރައީސް އިރްފާން ޒަކީ،
އއ. ތޮއްޑޫ / އދ. އޮމަދޫ/ ވ. ރަކީދޫ: މުޙައްމަދު ޝަފީޤް (ޝަފީގުގެ)،
މ. މުލި / ފ. ނިލަންދޫ/ ދ. ކުޑަހުވަދޫ: ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބް،
ތ. ވޭމަންޑޫ: ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް،
ގއ. ނިލަންދޫ/ ގދ. ހޯޑެއްދޫ: ރައީސް ނަޝީދު ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް،
ޏ. ފުވައްމުލަކު: ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް،
އައްޑޫ ސިޓީގެ ހުޅުމީދޫ: ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުތްފީ އަދި
މާލެ ސިޓީ: މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ) އެވެ.

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ.