އެމްޑީޕީގެ އަންހެނުންގެ ރޫޙުން ކުޅުދުއްފުއްޓަށް ކުރި ދަތުރު ނިންމައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ރޫޙުން ކުޅުދުއްފުއްޓަށް ކުރި ދަތުރު ނިންމައިފިއެވެ.

މިމަހުގެ 5ން 12އަށް އެމްޑީޕީގެ ކެމްޕެއިން ޓީމުން ކުޅުދުއްފުއްޓަށް ކުރި “ދޭތިން ފަހެތި” ކެމްޕެއިން ދަތުރުގެ ތެރޭގައި ހިމެނިގެން އެމްޑީޕީގެ އަންހެނުންގެ ރޫޙުން ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި ކުޅުދުއްފުށީގެ އަންހެނުންގެ ކޮމެޓީއާއި ބައްދަލުކޮށް އަދި “ދޭތިން ފަހެތި” – ދޮރުން ދޮރަށް ހިނގުމުގެ މައުލޫމާތު ދީފައިވެއެވެ. އަދި އެރަށުގައި ބޭއްވުނު ކަންމަތީ ޖަލްސާގައި އަންހެނުންގެ ރޫޙްގެ ރައިސާއާއި އަންހެނުންގެ ރޫޙްގެ ކޮމެޓީ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން ކުޅުދުއްފުޓަށް ކުރި ދަތުރުގައި އަންހެނުންގެ ރޫހުގެ ފަރާތުން އިންތިޒާމް ކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވަފައެވެ.