ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު މިއަދު ހާމަ ކޮށްފިއެވެ.
އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިޢު ކުރި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ޕާޓީއަށް ލިބިފައިވާ ފައިސާއާއި މި ފައިސާ 2012 ވަނަ އަހަރުތެރޭގައި ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލް ވަނީ ހިމަނާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓިތަކަށް ދިނުމަށް ކަޑައަޅާ އަދަދުގެ ގޮތުގައި އެމްޑީޕީއަށް ލިބުނު އަދަދާއި، ޕާޓީގެ އާއްމު މެމްބަރުންގެ ފަރާތުން ޕާޓީއަށް ހަދިޔާ ކޮށްފައިވާ ފައިސާގެ އަދަދާއި އެހެނިހެން ހަރަކާތްތައް ހިންގައިގެން ލިބުނު ފައިސާގެ ތަފްޞީލާއިި އަދި ޕާޓީއަށް ލިބުނު ފައިސާ ޚަރަދު ކުރިގޮތުގެ ތަފްސީލް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވެއެވެ.
މިއަދު އެމްޑީޕީގެ ވެބްސައިޓްގައި ހާމަކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ވާގޮތުން 2012 ވަނަ އަހަރު ޕާޓީއަށް ލިބިފައިވަނީ 00.15036195 )ފަނަރަ މިލިއަން ތިރީސް ހަ ހާސް ސަތޭކަ ނުވަދިހަ ފަހެއް( ރުފިޔާ އެވެ. އެއީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 2012 ވަނަ އަހަރު އެމްޑީޕީއަށް ލިބިފައިވާ 00.3753399 )ތިން މިލިއަން ހަތްލައްކަ ފަންސާސް ތިންހާސް ތިންސަތޭކަ ނުވަދިހަ ނުވަ( ރުފިޔާ އާއި ޕާޓީގެ އާއްމު މެމްބަރުންގެ އެކިފަހަރު މަތިން ޕާޓީއަށް އެހީގެ ގޮތުގައި ހަދިޔާ ކޮށްފައިވާ 00.11212626 )އެގާރަ މިލިއަން ދެލައްކަ ބާރަހާސް ހަސަތޭކަ ސައްބީސް( ރުފިޔާ އާއި ޕާޓީން އެކިއެކި ހަރަކާތްތައް ހިންގައިގެން ލިބިފައިވާ 00.70170 )ހަތްދިހަ ހާސް އެއްސަތޭކަ ހަތްދިހަ( ރުފިޔާ އެވެ.
އެމްޑީޕީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން 2012 ވަނަ އަހަރު އެމްޑީޕީން ޚަރަދު ކޮށްފައިވަނީ 00.15958911 )ފަނަރަ މިލިއަން ނުވަލައްކަ ފަންސާސް އަށްހާސް ނުވަސަތޭކަ އެގާރަ( ރުފިޔާއެވެ. އެއީ 2012 ވަނަ އަހަރު ލިބިފައިވާ ފައިސާއަށްވުރެ 00.922716 )ނުވަލައްކަ ބާވީސް ހާސް ހަތްސަތޭކަ ސޯޅަ( ރުފިޔާގެ އިތުރު ވުމެކެވެ.
އެމްޑީޕީގެ އޮޑިޓް ރިޕޯޓް ހާމަކޮށްފައި މިވަނީ އިލެކްޝަންސް ކޮމިޝަންއަށް ރިޕޯޓް ހުށަހެޅުމަށް ފަހުގައެވެ.
އެމްޑީޕީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބެއްލެވުމަށް މި ލިންކަށް ފިއްތަވާލައްވަވާ.