ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި

Ehburun

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގަންނަވައިފިއެވެ

“އެއްބުރުން ބޮޑުތިލަދުންމަތި” އެމްޑީޕީގެ ކެމްޕޭއިން ދަތުރުފުޅުގައި ރައީސް ނަޝީދުވަނީ މިލަދުންމަޑުލު އުތުރުބުރި ނަރުދޫ އަށާއި މިލަންދޫއަށް ވަޑައިގަންނަވާފައެވެ. އަދި މިލަންދޫގައި “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. ނަރުދޫ އަދި މިލަންދޫގައިވެސް ރައީސް ނަޝީދު އެމްޑީޕީގެ ކެމެޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްދެއްވިއެވެ. އަދި

އެއަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށާއި ދިއްދޫއަށެވެ. އިހަވަންދޫގައި އެމްޑީޕީގެ ފަރާތުން އިންތިޒާމް ކުރެއްވި ކެމްޕޭން ހަވީރެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. އިހަވަންދޫއާއި ދިއްދޫގައިވެސް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ވަރކްޝޮޕް ހިންގަވައިދެއްވިއެވެ. އަދި ދިއްދޫގައިވެސް “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ.

މިދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށް ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަޑައިގެންނެވީ ތިލަދުންމަތީ ދެކުނުބުރި ކުޅުދުއްފުށްޓަށެވެ. އަދި އެރަށުގެ ރައްޔިތުން ރައީސް ނަޝީދަށާއި އެމްޑީޕީގެ ވަފްދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ކުޅުދުއްފުށީގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހަރުގެ ހުޅުއްވައިދެއްވާފައެވެ. އަދި ކުޅުދުއްފުށީގެ ޖަމްޢިއްޔާތަކާއި، ޕްރީސްކޫލަތަކާއި އެމްޑީޕީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަވީރުގައި ރައީސް ނަޝީދު ބައިވެރިވެޑައިގަތެވެ. އަދި ކުޅުއްދުއްފުށްޓާއި ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކުގެ ރައްޔިތުން ކުޅުދުއްފުށީގައި ބޭއްވުނު “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގައި ބައިވެރިވިއެވެ. އަދި މިއަދު ހެނދުނު ކުޅުދުއްފުށީގައި އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތަކުގައި އިސްވެ މަސައްކަތްކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވައި ވަރކްޝޮޕް ހިންގަވައިދެއްވިއެވެ.

ރައީސް ނަޝީދުގެ އަރިހުނގައި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އަދި އެމްޑީޕީ ޤައުމީ މަޖިލިހުގެ މެބަރުން ބައިވެރިވެވަޑައިގަތެވެ.