އެމްޑީޕީ ގެ 11 ޓީމުން 35 ރަށެއްގައި މި ހަފްތާ ބަންދުތެރޭ ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ

އެމްޑީޕީ ގެ 11 ޓީމުން 35 ރަށެއްގައި އެކުވެރި ތަރުހީބާއިއެކު މިނިމޭ ހަފްތާ ބަންދުތެރޭ ކެމްޕެއިންގެ މަސައްކަތްތަކުގައި ބައިވެރިވެފައިވެއެވެ. އެމްޑީޕީ އިންޞާފުގެ ދަތުރުގެ އަދި ދޭތިން ފަހެއްޗާއި ވަޢުދާއި ހިނގުމުގެ މަސައްކަތު ބައްދަލުވުންތަކާއި ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ވަނީ ހީވާގިކަމާއިއެކު އެމްޑީޕީގެ މެމްބަރުން ކުރިއަށްގެންގޮސްފައެވެ.

މި ހަފްތާ ބަންދުތެރޭގައިވެސް އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކޯޑިނޭޓަރުންނާއި ޓީމް ލީޑަރުންގެ ގޮތުގައި އެމްޑީޕީ ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި، ޕާޓީ ގެ މެމްބަރުން 35 ރަށެއްގައި ކެމްޕެއިންއާއި ގުޅުންހުރި މަސައްކަތުބައްދަލުވުންތައް ހިންގެވުމާއި ދޮރުން ދޮރަށް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާފައިވެއެވެ.
ހަމައެއާއިއެކު ކުލަގަދަ، ނިސްބަތުން ބައިވެރިން ވަރަށްގިނަ އަދި ތާއީދާއި “އެއްބުރުން” ގެ އަޑުން ގުގުމާލި ޖަލްސާތަކެއް މިހަފްތާ ބަންދުތެރޭ ބޮޑުތިލަދުންމަތީގައި ވަނީ ބޭއްވިފައެވެ. 8 މޭ 2013 ވީ ބުދަދުވަހު ށ. މިލަންދޫގައި ބޭއްވުނު ރޭގަނޑުގެ ބޮޑުޖަލްސާއަކަށްފަހު 9 މޭ 2013 ވަނަދުވަހު ހއ. އިހަވަންދޫގައި އެމްޑީޕީ އުފާވެރި ހަވީރެއްގެ ހަފްލާ އަދި އެރޭ ހއ. ދިއްދޫގައި ބޮޑު ޖަލްސާ، އަދި 10 މޭ 2013 ވީ ހުކުރު ދުވަހު ހދ. ކުޅުދުއްފުށީގައި އުފާވެރި ހަވީރަކާއެކު އެރޭގެ ރޭގަނޑުގެ އިހްތިފާލްތަކާއި “އެއްބުރުން” ބޮޑު ޖަލްސާގެ އެއްވުމުންވަނީ އެމްޑީޕީއަށް އިތުރުވަމުންތާތާއީދު ފާހަގަކުރެވިފައެވެ.

އެމްޑީޕީގެ އިންސާފުގެ ދަތުރާއި އެކު ވަޢުދާ ހިނގުމާއި ދޭތިން ފަހެތި އަދި ރިޔާސީ ކެމްޕެއިންގެ ޖަލްސާތައް ރާއްޖޭގެ އެކިކަންކޮޅުގައި ދަނީ ހިނގަމުންނެވެ. ކުރިއަށްއޮތް ދައުރަށް ރައްޔިތުންގެ ވިސްނެވުމާއެކު އެކުލަވާލެވެމުންދާ އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ އުސްއަލިތައް ކޮންމެ ދެހަފްތާއަކުންކަހަލަ ގޮތެއްގައި އެމްޑީޕީން ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލަމުންނެވެ. ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީގައި އެއްދުވަހަކު އެއްވަގުތަކާހެން ހުޅުވާލެވެމުންދިޔަ ސިޔާސަތުތަކުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތާއި، މެރިކަލްޗަރުގެ ވިޔަފާރީގެ ސިޔާސަތު އަދި މިނިވަން މަސައްކަތްތެރިޔާގެ ސިޔާސަތު ހިމެނެއެވެ. 07 ސެޕްޓެމްބަރ 2013 އާއި ދެމެދު މިއޮތް މުއްދަތުގައި އެފަދަ އިތުރު ފަސް ހަ ހުޅުވާލުމެއް މުޅި ރާއްޖޭގައި މުނާސަބު ކުރެވުމަށް އެމްޑީޕީ އިން ވަނީ އުފާވެރި ހަފްލާތައް އިންތިޒާމްކޮށްފައެވެ.