ރައީސް މުހަންމަދު ނަޝީދު ށ. ނަރުދޫގައި ކޭބަލް ޓީވީގެ ޚިދްމަތް އިފްތިތާހް ކޮށްދެއްވައިފި

narudhoocable

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީަސް މުހަންމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި ށަވިޔަނި އަތޮޅު ނަރުދޫގައި ކޭބަލް ޓީވީގެ ޚިދްމަތް އިފްތިތާހް ކޮށްދެއްވައިފިއެވެ. މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި ނަރުދޫ ކޭބަލްޓީވީ އިފްތިތާހްކޮށްދެއްވުމުގެ އިންތިޒާމްތަކަށް މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޒާގެ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިފައިވާކަމުގައި އެރަށުގެ އެމްޑީޕީ މެމްބަރުން ޚަބަރުދީފައިވެއެވެ. ނަރުދޫގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމާއި ދޮރުން ދޮރަށް ހިންގެވުމުގައިވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މުހަންމަދު ނަޝީދު ނަރުދޫ އަށްކުރެއްވި ދަތުރުފުޅުގައި، އެއަތޮޅުހިމެނޭ ދާއިރާގެ ކޯޑިނޭޓަރ ރައޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ރައީސްނަޝީދު ސަރުކާރުގެ ކޮންސެޕްޓް އެޑްވައިޒަރ އަހްމަދު އައްބާސް އާއި ދާއިރާގެ އެމްޑީޕީ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބޮޑުތިލަދުންމަތީ “އެއްބުރުން” ބޮޑު ޖަލްސާ ތައް މިފަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ތަރުތީބަކީ 8 މޭ 2013 ވާ ބުދަދުވަހު (މިއަދު) ށަވިޔަނި މިލަންދޫގައި ރޭގަނޑުގެ ބޮޑުޖަލްސާއަކަށްފަހު 9 މޭ 2013 ވަނަދުވަހު ހއ. އިހަވަންދޫގައި އެމްޑީޕީ އުފާވެރި ހަވީރެއްގެ ހަފްލާ އަދި އެރޭ ހއ. ދިއްދޫގައި ބޮޑު ޖަލްސާ، އަދި 10 މޭ 2013 ވާ ހުކުރު ދުވަހު ހދ. ކުޅުދުއްފުށީގައި އުފާވެރި ހަވީރަކާއެކު ކުޑަކުދިންގެ ދުވަހުގެ ހަފްލާ އާއި އެރޭގެ ރޭގަނޑުގެ އިހްތިފާލްތަކާއި “އެއްބުރުން” ބޮޑު ޖަލްސާގެ އެއްވުމެވެ. އެމްޑީޕީގެ ޖަލްސާތަކަށް ލިބެމުންދާ ތަރުހީބާއި ތާއީދު ނިސްބަތުން އިތުވަމުންދާކަން މިފަހަރުގެ ބޮޑުތިލަދުންމަތީ ޖަލްސާތަކުންވެސް އިރާދަފުޅާއެކު ފެނިގެންދާނެކަމުގައި އެމްޑިޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވިއެވެ..