އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ އުސްފަސްގަނޑުގައި

mdpusfasgandujalsaa2422013 (16)

އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ 9 ޖަހާއިރު އުސްފަސްގަނޑުގައި ބޭއްވުމަށް ވަނީ އިންތިޒާމް ކުރެވިފައެވެ. މި ޖަލްސާގައި އެމްޑީޕީގެ މެމްބަރުންނަށާއި ހެޔޮއެދިލައްވާ ފަރާތްތަކަށާއި ރާއްޖޭގެ ޝަވްގުވެރި ރައްޔިތުންނަށް އެމްޑީޕީގެ ސިޔާސަތުތަކާއި މެނިސްފެސްޓޯގައި ހިމެނޭ އުސްއަލިތަކާއި ސިޔާސީ ކުރިމަގާއި ބެހޭ ގޮތުން އެކިބޭފުޅުންނާއި އެމަނިކުފާނު މަޢުލޫމާތުދެއްވައި ތަގްރީރު ކުރައްވާނެއެވެ.

އެމްޑީޕީގެ އިންސާފުގެ ދަތުރާއި އެކު ވައުދާ ހިނގުމާއި ދޭތިން ފަހެތި އަދި ރިޔާސީ ކެމްޕެއިންގެ ޖަލްސާތައް ރާއްޖޭގެ އެކިކަންކޮޅުގައި ދަނީ ހިނގަމުންނެވެ. ކުރިއަށްއޮތް ދައުރަށް ރައްޔިތުންގެ ވިސްނެވުމާއެކު އެކުލަވާލެވޭ އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ އުސްއަލިތައް މިނީ މެނިފެސްޓޯގެ ގޮތުގައި ކޮންމެ ދެހަފްތާއަކުންކަހަލަ ގޮތެއްގައި އެމްޑިޕީން ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލަމުންނެވެ. ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީގައި އެއްދުވަހަކު އެއްވަގުތަކާހެން ހުޅުވާލެވެމުންދިޔަ ސިޔާސަތުތަކުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތާއި، މެރިކަލްޗަރުގެ ވިޔަފާރީގެ ސިޔާސަތު އަދި މިނިވަން މަސައްކަތްތެރިޔާގެ ސިޔާސަތު ހިމެނެއެވެ. 07 ސެޕްޓެމްބަރ 2013 އާއި ދެމެދު މިއޮތް މުއްދަތުގައި އެފަދަ އިތުރު ފަސް ހަ ހުޅުވާލުމެއް މުޅި ރާއްޖޭގައި މުނާސަބު ކުރެވުމަށް އެމްޑީޕީ އިން ވަނީ އުފާވެރި ހަފްލާތައް އިންތިޒާމްކޮށްފައެވެ.

މިރޭ މާލޭގެ އުސްފަސްގަނޑުގައި މިބޭއްވޭ ޖަލްސާގައި ވެލެއްވިހާ ގިނަ މެމްބަރުން ބައިވެރިވެދެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހަރަކާތުންނާއި، އަންހެނުންގެ ރޫހުން އަދި ގޮފި ތަކުގެ އާއި ދާއިރާތަކުގެ މެމްބަރުންނާ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ދަންނަވަމުންނެވެ.